ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
11 Apr 2023 | 12:36
ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް ރައީސް ޞާލިހު ބަލިކުރަން ޖެހޭ: ވަހީދު

އަލުން އަނބުރާ ރައްޔިތުންގެ ވެރިކަމެއް މި ޤައުމުގައި އުފެއްދުމަށް މިހާރު ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ބަލިކުރުމަކީ ލާޒިމުކަމެއް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުންނެވެ. 

އޭނާ ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމަށް ޤާއިމުކުރުމަށް 2008 ވަނަ އަހަރު ކުރި މަސައްކްތަ މިހާރު އަލުން ކުރަން ޖެހިފައިވާ ކަމަށެވެ. 

މި ވެރިކަމުގައި ފެނިގެން ދަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ސަރުކާރުން އެއްވެސް ފަރުވާލެއް ނުބަހައްޓާކަން ވަހީދު ފާހަގަކުރެއްވި އެވެ.

ފެނަކަ ކުންފުނީގެ މައްސަލައިން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ އެ ކުންފުނިން ކުދި ވިޔަފާރިތަކަށް ފައިސާ ނުދައްކާތީ އެ މައްސަލަ މަޖިލީހަށް ހުށައެޅުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން އެ މައްސަލަ ބޭރުކޮށްލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފެނަކަ ކުންފުނީގެ އިސްވެރިން ކޮންޓްރޯލު ކުރާކަމަށް އެބޭފުޅުން މޭގައި އަތްޖަހާލާފައި ފަޚުރުވެރިކަމާއެކު ބުނަމުންދާ ކަމަށެވެ. 

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މެނިފެސްޓޯގައި ހުރި ކަންކަންވެސް ފުއްދާދެވިފައި ނުވާއިރު ޒުވާނުން ޑަސްޓްބިން ހޮވައިގެން ކާ މަންޒަރު މަގުތަކުން ފެނަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކަންކަމަކީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމު ނުކުރެވޭކަމުގެ ދަލީލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ. 

އެއާއެކު ވަހީދު ވިދާޅުވީ އަލުން އަނބުރާ މި ގައުމުގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް އަންނަ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުޙައްމަދު ޞާލިހު ބަލިކުރަން ޖެހޭކަމަށެވެ. އަދި ރައްޔިތުން ނިކުމެ ރައީސް ޞާލިހު އިންތިޚާބުން ބަލިކުރާތަން މުޅި ދުނިޔެއަށް ފެނިގެންދާނެކަމަށް ވަހީދު ވިދާޅުވި އެވެ. 

"މިހާރު އެބަ ޖެހޭ 2008 ގައި ތައާރަފްކުރި ޑިމޮކްރެޓިކް ވެރިކަން އަލުން ސަލާމަތްކުރަން މަސައްކަތް ކުރަން. އަލުން އަނބުރާ ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަން، އެކަން ކުރުމަށްޓަކައި އަޅުގަނޑު ހަމަ އަނެއްކާވެސް ދަންނަވާލާނީ މިހާރު ވެރިކަމުގައި މިހިރަ އިބްރާހިމް މުޙައްމަދު ޞާލިހަށް އަޅުގަނޑުމެން ހަމަ ހިލާ އެއްގޮތަކަށްވެސް ނުވާނެ ދެވަނަ ފުރުސަތު ދީގެނެއް. ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށްޓަކައި ރަނގަޅު ހެޔޮ ވެރިކަމުގެ ނިޒާމެއް ދެމިއޮތުމަށްޓަކައި، ދެ ފުށްފެންނަ ކޮރަޕްޝަން ނެތް، ވެރިކަމެއް ހިންގުމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު ލާޒިމުވޭ ރާއްޖޭގެ ވެރިކަމުގައި މިއަދު އެ ހުރި އިބްރާހިމް މުޙައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބަލިކުރަން"

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) 

ވަހީދުގެ އިތުރުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިން މެމްބަރުން ގެންދަވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭކަމަށް ވިދާޅުވަމުންނެވެ. 

އެމްޑީޕީގައި ތިއްބަވާ އެ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ހައްދަވައިގެން ނަޝީދާއި އޭނާގެ ވަފާތެރިން ރިޔާސީ އިންތިޚާބުގައި ޤާސިމާއެކު ކޯލިޝަން ހެދުމުގެ މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.