ރައީސް ޔާމީން/ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް: ފޮޓޯ/ ވޮއިސް
ހަބަރު
11 Apr 2023 | 16:58
52 މިލިއަން ދެއްކުމަށް ރައީސް ޔާމިނުގެ މައްޗަށް ކުރި އަމުރު ހައިކޯޓުންބާތިލުކޮށްފި

ވ. އާރަށުގެ މައްސަލައިގެ ހުކުމް ކުރިތާ 62 ދުވަސް ފަހުން 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ. 

52 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމިނުގެ މައްޗަށް ކުރި އަމުރު އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ވަނީ އެއީ ގާނޫނާ ޚިލާފު އަމުރެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

މި އަމުރު ނެރެފައިވަނީ މި މައްސަލައިގެ ފުރިހަމަ ރިޕޯޓު ދޫކޮށް، އިސްތިއުނާފުކުރުމަށްވެސް ހުށަހެޅިފަހުންކަން ފާހަގަކޮށް ވަކީލުން ވިދާޅުވީ، މި އަމުރަކީ މައްސަލައިގެ ތެރޭގައި ހިމެނޭ އަމުރެއްނަމަ، މައްސަލައިގެ ފުރިހަމަ ރިޕޯޓާއި ލިއުންތައް ދޫކުރިއިރު މި އަމުރު ހިމެނޭނެކަމަށެވެ.

އެ މައްސަލައާއި ގުޅޭގޮތުން މިއަދު ހައިކޯޓުގައި ހުކުމްކުރި މަޖިލީހުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލާގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައި ވިޔަސް، އެ މައްސަލާގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ހައިކޯޓުން ބުނީ 52 މިލިއަން ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނުއިރު ކުރިން އެކަމާއި ގުޅިގެން ވާހަކަދެއްކުމުގެ ފުރުސަތު ރައީސް ޔާމިނަށް ލިބިފައި ނުވާކަމަށެވެ. އަދި ހުކުމް ކުރިތާ ދެ މަސް ދުވަސް ފަހުން އެފަދަ އަމުރެއް ނެރެދެން އެދުނު މަޤުބޫލު ސަަބަބެއްވެސް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ. 

އެހެންކަމުން 52 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލް އަމުރެއްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. 

މިދިޔަ ޑިސެމްބަރުމަހު އާރަށު މައްސަލައާއި ގުޅުވާ ރައީސް ޔާމިނަށް އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، މިހާރު އެ މައްސަލަވެސް ހައިކޯޓުން ވަނީ ބަލައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް