ވީޑީއޯ ރިޕޯޓް
ދީން
12 Apr 2023 | 16:54
ލައިލަތުލް ޤަދްރި ރޭގައި ކިޔުމަށް އައިސްފައިވާ ދުޢާ

ލައިލަތުލް ޤަދްރި ރެއަކީ މި ދުނިޔެއަށް އަންނާނެ އެންމެ ހެޔޮވެގެންވާ ރެއެވެ. އެ ރެއަށްވުރެ ހެޔޮވެގެންވާ އެހެން ރެއެއްނުވެއެވެ. އެ ރެއަކީ ޤުރްއާން ބާވާލެއްވުނު ރެއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. މާތްވެގެންވާ މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާ ޚާއްޞަ ރެއެކެވެ. ފަތިސްވެއްޖައުމަށް ދާންދެން ސަލާމަތްކަން ހުރި ރެއެކެވެ. ހެޔޮކަމާއި ބަރަކާތުން ފުރިގެންވާ ރެއެކެވެ. އެ ރޭގެ ކޮންމެ ސުކުންތަކީވެސް އެހާމެ މުހިއްމު ވަގުތުކޮޅެކެވެ.

ލައިލަތުލް ޤަދްރި ރެއާ ބެހޭގޮތުން އަހަރެމެންނަށް އެނގިގެންވަނީ އެ ރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައިވާ އޮނަހިރި ރެއެއް ކަމެވެ. 21، 23 ،25 ، 27 ނުވަތަ 29 ވަނަ ވިލޭރޭކަމުގައި ވެދާނެއެވެ. މިހެންކަމުން، އެ މާތްވެގެންވާ ރޭގެ ޘަވާބާއި ބަރަކާތް ޙާޞިލުކުރުމަށްޓަކައި ރަމަޟާންމަހުގެ ފަހު ދިހައިގައި ގަދައަޅައި މަސައްކަތްކުރުމަށް މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ކިބައިން އައިސްފައިވެއެވެ. އެ ރޭތަކުގައި ރޭއަޅުކަން ކުރުމާއި، ޛިކުރުތައް ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ޞަދަޤާތްކުރުމާއި، މި ނޫންވެސް އެހެނިހެން ހެޔޮކަންތައްތައް ކުރުމަކީ މުހިއްމުކަމެކެވެ. މިފަދަ ހެޔޮ ކަންކަމުގެ ތެރޭގައި އެރޭތަކުގައި ދުޢާކުރުމަކީ މުހިއްމުކަމެވެ.

އެ ރޭތަކުގައި ވީވަރަކުން ގިނަގިނައިން ދުޢާކުރުމަކީ މަތިވެރިކަމެކެވެ. ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ކޮންމެ ދުޢާއެއްވެސް ކުރެވޭނެއެވެ. މިގޮތުން މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ކިބައިން އައިސްފައިވާ ދުޢާއަކީ ވަރަށް މުހިއްމު ދުޢާއެކެވެ. އުއްމުލް މުއުމިނީން ޢާއިޝާ رَضِيَ اللهُ عَنْهَا ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! ލައިލަތުލް ޤަދްރި ރެއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިއްޖެކަމުގައިވާނަމަ، ތިމަން ކަމަނާ ކިޔާނީ ކީކޭތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ކަމަނާ މިފަދައިން ކިޔާށެވެ! ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي)) މާނައީ: ﷲއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ ޢަފޫކުރައްވާ ފަރާތެކެވެ. އިބަ ރަސްކަލާނގެ ޢަފޫކުރެއްވުމަށް ލޯބިވެ ވޮޑިގަންނަވަމުއެވެ. ފަހެ، މި އަޅާއަށް ޢަފޫކޮށްދެއްވާނދޭވެ!"

މި ދުޢާއަކީ ދޫ މައްޗަށް ފަސޭހަ، ކުރު ދުޢާއެއްނަމަވެސް މާތްވެގެންވާ ދުޢާއެކެވެ. ރަމަޟާންމަހުގެ ރޭތައް ނޫނަސް މި ދުޢާ ކުރުމަކީ މުހިއްމުކަމެކެވެ.

ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މި ދުޢާ ފައްޓަވާފައި ވަނީ މާތް ﷲއަށް ތަޢުރީފާއި ޘަނާ އިންނެވެ. މާތް ﷲއަށް ޢަފޫކުރެއްވުމުގެ ޞިފަ އެންމެ ފުރިހަމައަށް ލިބިވޮޑިގެންވެއެވެ. އެހެންވެ، އެކަލާނގެ އިސްމުފުޅުތަކުގެ ތެރޭގައި "الْعَفُوُّ" ވެއެވެ. ޢަފޫކުރެއްވުމުގެ މާނައަކީ އެކަލާނގެ އަޅުތަކުން ފާފަކުރުމުން އެ ފާފައިގެ ޢުޤޫބާތް މަޢާފުކޮށްދެއްވުމެވެ. އެކަލާނގެއީ ގިނަގިނައިން އެކަލާނގެ އަޅުތަކުންނަށް މަޢާފުދެއްވާ އިލާހެކެވެ. ދެން މި ދުޢާގައި އައިސްފައި އެވަނީ އެކަލާނގެއީ ޢަފޫކުރެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ފަރާތެއްކަމެވެ. މި ސަބަބާހުރެ، ރޭގަނޑު ފާފަކުރާމީހާއަށް ދުވާލު ތައުބާވުމަށް، ދުވާލު ފާފަކުރާމީހާއަށް ރޭގަނޑު ތައުބާވުމަށް ތައުބާގެ ދޮރުވަނީ ހުޅުއްވާލައްވާފައެވެ. ކިތަންމެ ގިނަ، އަދި ކިތަންމެ ބޮޑެތި ފާފަތަކެއްކުރެވިފައިވާ މީހަކު ކަމުގައިވީނަމަވެސް އެމީހާއަކަށް މާޔޫސްކަމެއް ނެތެވެ. އެކަލާނގެ ޢަފޫކުރެއްވުމާއި ތައުބާލެއްވުން ވަނީ ތަނަވަސްވެގެންނެވެ.

ދުޢާގެ ފަހު ބައިގައި އެވަނީ "ފަހެ، މިއަޅާއަށް ޢަފޫކޮށްދެއްވާނދޭވެ!" އެބަހީ؛ މި އަޅާގެ ފާފަތަކަށް މަޢާފުދެއްވާނދޭވެ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން މަޢާފަށް މިއެދެނީ މިއަޅާއަށް ސިއްރާއި ފާޅުގައި ކުރެވިފައިވާ އެންމެހާ ކުދިބޮޑު ފާފައަކަށް އިޢުތިރާފުވެ، ހިތާމަކުރާޙާލުގައެވެ. ދެން އެފަދަ ފާފަތަކަށް އަރައިނުގަންނާނެކަމުގެ މަތިވެރި ޢަޒުމާއެކުގައެވެ. މިކަންކަން ހިތަށް ގެނައުމަކީ ދުޢާ ކިޔާއިރު ވަރަށް މުހިއްމުކަމެކެވެ.

އެހެންކަމުން، މި ދުޢާ ގިނަގިނައިން ރަމަޟާންމަހުގެ ފަހުދިހައިގައި ޚާއްޞަކޮށް ކިޔުމަކީ ހެޔޮވެގެންވާ ކަމެކެވެ. މާތް ﷲ އަޅަމެންނަށް ޢަފޫކޮށްދެއްވާނދޭވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.