އައިއޭސީއާއި ފަންޑު ފޮށި މުޙިއްޔުއްދީން ސުކޫލް އިން ހަވާލުކުރަނީ
ހަބަރު
13 Apr 2023 | 12:05
ތުރުކީ ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް މުޙިއްޔުއްދީން ސުކޫލްގެ އެހީ

ތުރުކީ އަދި ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް މުޙިއްޔުއްދީން ސުކޫލްއިން އެއްކުރި ފަންޑު އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފިއެވެ.

އިއްޔެ މުޙިއްޔުއްދީން ސުކޫލްގެ އެދިލެއްވުމަށް އައިއޭސީގެ މެންބަރުން ވަނީ އެ ސްކޫލަށް ޒިޔާރަތްކޮށްފައެވެ.

އެގޮތުން މި ބައްދަލުވުމުގައި މުޙިއްޔުއްދީން ސުކޫލްގެ ފަރާތުން ތުރުކީ އަދި ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އެއްކުރެވުނު ފަންޑު ހަވާލުކުރުމުގެ އިތުރުން، އައިއޭސީގެ ޕްރޮޖެކްޓުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އައިއޭސީއިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މުޙިއްޔުއްދީން ސުކޫލްއިން ބުނެފައިވަނީ މި ހަރަކާތަކީ ދަރިވަރުންގެ ހިތްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އޯގާތެރިވުމާއި ޞަދަޤާތް ކުުރުމުގެ މާތްކަން ދަސްކޮށްދީ އެކަން އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.

މިއާއިއެކު މިފައިސާ ހަދިޔާ ކުރެވޭނީ ތުރުކީ އަދި ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ކުޑަކުދިންނަށް އެހީތެރިވެ އެކުދިންނަށް ހިނިތުންވުން ގެނެސްދިނުމަށްޓަކައި ކަމަށްވެސް އެ ސްކޫލްއިންވަނީ ބުނެފައެވެ.

މީގެ އިތުރުން ޞަދަޤާތުގެ މެދުވެރިއަކަށް ވީތީ އައިއޭސީގެ ހިންގުންތެރިންނަށް އެސްކޫލްގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.

އައިއޭސީއިން ވަނީ މުޙިއްޔުއްދީން ސުކޫލުގެ އިސްނެންގެވުމަށް ޝުކުރުދަންނަވާ މިފަދަ އިސްނެންގެވުންތަކަށް އައިއޭސީއިން އަބަދުވެސް މަރުހަބާ ކިޔަމާ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.