ވެމްކޯ މުވައްޒަފަކު ކުނި އުކާލުމުގެ މަސައްކަތުގައި
ހަބަރު
12 Apr 2023 | 23:26
މަގުމައްޗަށް ކުނި ނެރޭކަށް ނާންގަން: ވެމްކޯ

މާލެ ސަރަހައްދުގެ ގޭގެއާއި ވިޔަފާރިތަކުން އުފެދޭ ކުނި މަގުމައްޗަށް ނެރެން ވެމްކޯއިން އަންގާފައި ނުވާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ސިރާޖު އެ ކޮމިޓީއަށް ހާޒިރު ކޮށްފައި ވަނީ ވެމްކޯގެ ހިދުމަތްތަކުގެ އަގު ބޮޑުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ކޮމިޓީގައި ވާހަކަ ދަައްކަވަމުން ސިރާޖު ވިދާޅުވީ، އެ ކުންފުނީގެ އިއުލާނުގައި ފާހަގަ ކޮށްފައި ވާނީ ކުނި ނަގަމުންދާނެ ދެގޮތެއް ކަމަށާއި އެއީ އެޕާޓްމަންޓްގެ ދޮރުމަތިންނާއި ގޭގޭގެ އެންމެ ތިރީ ފްލޯއިން ކުނި ނެގުމަށް ކަމަށެވެ.

ނަމަވެސް މަގުމައްޗަށް ކުނި ނެރެން އެއްވެސް އިރެއްގައި އަންގާފައި ނުވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި މަގުމައްޗަށް ކުނި ނެރުމަށް ބާރު ނާޅާ ކަމަށާއި އެއީ ރައްކާތެރި ގޮތެއްވެސް ނޫންކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު މިފަދައިން ވިދާޅުވެފައި ވާއިރު، ކުނި މެނޭޖްކުރުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މާލެ ސަރަހައްދުގެ މަގުތަކަށް ކުނި އެޅުމާއި ކުނިނެރިފައި މަގުތަކުގައި ބެހެއްޓުމާ ގުޅޭގޮތުން އީޕީއޭއިން ކުރި އިއުލާނެއްގައި ބުނީ، މިހާރަކަށް އަހިސް މާލެ ސަރަހައްދުގެ މަގުތަކަށާއި ގޭދޮރުމައްޗަށާއި ކަންކަންމައްޗަށް ކުނި ނެރެފައި ބެހެއްޓުން އަދި ކުނި ޖަމާކުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާކަމަށެވެ.

އޭގެ ސަބަބުން ތަފާތު އެކި އުނދަގޫތައް ކުރިމަތިވަމުން ދާކަން ފާހަގަކޮށް އީޕީއޭއިން ބުނީ މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ގޮނޑުވަމުންދާ ކަމަށެވެ.

އީޕީއޭއިން ބުނީ، ކުނި ގެންދާނެ ކަމަށް ބަލައި ގޭގެ ދޮރުން ބޭރު، ދުވާރުގައި ނުވަތަ ކަންކަންމަތީގައި ކުނި ބަހައްޓާކަމަށާއި ކުނި ގެންދާ މީހުން އަންގައިގެން ކަމަށް ބުނެ މަގުމައްޗަށް ނު ނެރޭކަން ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި ވަކި ގަޑިއެއް ނުބަލާ ކުނި ނެރޭ ކަމަށް އީޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

އެފަދަ ކަންކަމަކީ ކުނި މެނޭޖް ކުުރުމުގެ ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަންކަމަށް ނުވާތީ، އެކަންކަން ނުކުރުމަށް އީޕީއޭއިން ވަނީ ނަސޭހަތްތެރި ވެފައެވެ.

"އެއްވެސް ސަބަބަކާ ހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅުތަކާއި އެހެނިހެން ކުނި މަގުތަކަށާއި ދުވާރުމަތީގައާއި ކަންކަންމަތީގައާއި ހުސްތަންތަނަށް ނެރެފައި ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަމެއް" އީޕީއޭއިން ބުންޏެވެ.

ކުނި އުކާލުމުގެ ހިދުމަތްދޭ މުވައްޒަފަކު، ކުނި ނެރުމަށް ބުނެގެން ނުވާނެ ކަމަށާއި އެފަދައިން ބުނި ނަމަވެސް އެއަށް އަމަލު ކޮށްގެން ނުވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ