އާސެން ވެންގާ އަދި އިންފަންޓީނޯ... ފޮޓޯ: ގެޓީ
ކުޅިވަރު
05 Aug 2026 | 07:24
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ

ފީފާއިން ފިޔަފާރި ކުންފުންޏެއް ހަދައިގެން މުބާރާތްތަކުގެ ހިއްސާ ވިއްކުމަށް ކުރަން އުޅުނު މަސައްކަތުގައި ބައިވެރިވުމެއް ނޯންނާނޭކަމަށް އާސެނަލްގެ ކުރީގެ ކޯޗް އަދި ފީފާގެ މުހިންމު މަގާމެއް ފުރަމުން އަންނަ އާސެން ވެންގާ ވިދާޅުވެއްޖެއެވެ.

ވެންގާއަކީ ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އެންމެ އިސް ވެރިޔާއެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ އިންފަންޓީނޯގެ ލަފާގެ މަތިންނެވެ. މިހާރު ޖެހިގެން އުޅޭ މައްސަލައާ ގުޅިގެން ޔޫއެފާގެ ވަކީލުން ފޮނުއްވި ސިޓީގައި، މައްސަލައިގެ ހެކީގެ ގޮތުގައި މުއާމަލާތްތަކާއި މައުލޫމާތުތައް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ 18 މަސްއޫލުވެރިންގެ ތެރޭގައި ފްރާންސަށް ނިސްބަތްވާ ވެންގާގެ ނަން ހިމެނެއެވެ.

މި މައްސަލާގައި ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. ވެންގާގެ ބަޔާނުގައި އިންފަންޓީނޯގެ ނަން ގެނެސްފައެއް ނުވެއެވެ. ވެންގާ ވިދާޅުވެފައިވަނީ މިކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ މީޑިއާ ރިޕޯޓްތަކުން ކަމަށެވެ. ވެންގާ ވިދާޅުވީ މި މަޝްރޫއު ހުއްޓާލުމަށް ނިންމި ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ އަދި ސުވާލެއް އުފެދޭ ކަމެއްވެސް ނޫން ކަމަށެވެ. ސަބަބަކީ ފީފާއަކީ މިނިވަންކަމާއެކު، ދެފުށް ފެންނަ ގޮތަށް އަދި ނަޒާހަތްތެރިކަމާއެކު ފުޓްބޯޅައަށް ހިދުމަތްކުރާ އިދާރާއަކަށް ވާންޖެހޭނެ ކަމަށެވެ.

ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް ނިންމި މައްސަލާގައި ވިލާތުގެ ޤައުމުތަކުގެ އިތުރުން އެނޫންވެސް ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވަނީ އިންފަންޓީނޯއާ ދެކޮޅަށް ނިކުމެފައެވެ. ފުޓްބޯޅަ އިދާރާތަކާއި އޮފިޝަލުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، އިންފަންޓީނޯ ވަނީ 20 ބިލިއަން ޑޮލަރުގެ މި ހުށަހެޅުން ހޮނިހިރު ދުވަހު އަނބުރާ ގެންގޮސްފައެވެ. ޔޫއެފާއިން ވަނީ މިކަން ކުރިއަށް ގެންގޮސްފިނަމަ ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އެ ޖަމާއަތުން ދަނީ މި މައްސަލާގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ.

އިންފަންޓީނޯ އިސްވެ ހުރެ ކުރިއަށްގެންދިއުމަށް ނިންމި މި ރޭވުމުގެ ދަށުން "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، ވޯލްޑް ކަޕް ފަދަ މުބާރާތްތައް އިންތިޒާމުކުރުމާއި، ބްރޯޑްކާސްޓިން އަދި ސްޕޮންސާޝިޕް ރައިޓްސް ވިއްކުން ފަދަ އާމްދަނީ ލިބޭ ކަންކަން އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.

އެ ކުންފުނީގެ 20 އިންސައްތަ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށް އޮތީ ހުށަހަޅާފައެވެ. މިކަމުގައި އެންމެ އިސްކޮށް ބައިވެރިވާ އިންވެސްޓަރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ "ތްރައިވް އިޓާނަލް" ކުންފުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.