މަސްޖިދުއް ނަބަވީ
ދުނިޔެ
13 Apr 2023 | 23:47
މި ރަމަޟާން މަހުގެ މިހާތަނަށް މަސްޖިދުއް ނަބަވީއަށް 21 މިލިއަން މީހުން ޒިޔާރަތްކޮށްފި

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދެ ދިހައެއްގައި މަސްޖިދުއް ނަބަވީއަށް 21 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ސަޢުދީޢަރަބިއްޔާގެ ދެ ޙަރަމްފުޅާއި ބެހޭ އިދާރާގެ ވެރިޔާ ޑރ ޢަބްދުއްރަޙްމާން އައް ސުދައިސް ވިދާޅުވެއްޖެއެވެ.

ސުދައިސް ވިދާޅުވެފައިވަނީ މިއީ މިދިޔަ އަހަރުގެ މިދުވަސްވަރާއި އަޅައި ބަލާއިރު 49 ޕަސެންޓް އިތުރު މިންވަރެއް ކަމަށެވެ.

ސުދައިސް ވިދާޅުވެފައިވަނީ މިއަހަރުގެ މުޙައްރަމް މަހުން ފެށިގެން މިހާތަނަށް 169 މިލިއަން މީހުން މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ.

ޝައިޙް ސުދައިސް ވިދާޅުވެފައިވަނީ ދެޙަރަމް އާއި ބެހޭ އިދާރާ އާއި ސަޢުދީސަރުކާރުން ވަނީ ޢުމްރާވުމަށް މައްކާ އާއި މަދީނާ އަށް ޒިޔާރަތްކުރާ މުސްލިމުންނަށް ފަސޭހަ ކަމާއި އެކު އަޅުކަންތައް އަދާކުރެވޭނެ ފަދަ އިންތިޒާމް ތައް ހަމަޖައްސައިފައި ވާކަމަށެވެ.

ދަމުނަމާދު ކުރާ މީހުންނާއި އިޢްތިކާފްއަށް ތިބޭ މީހުން މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކޮށް މިސްކިތް ވަރަށްބޮޑަށް ފުރިފައިވާ ކަމަށް ދެޙަރަމް އާއި ބެހޭ އިދާރާއިްނ ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.