ހަބަރު
14 Apr 2023 | 13:08
"ލައިލަތުލް ޤަދްރީގެ އިޙްތިފާލް ތަކުގައި މަލާއިކަތްބޭކަލުން ބައިވެރިވެވަޑައިގަންނަވާ"

ލައިލަތުލް ޤަދްރީގެ އިޙްތިފާލް ތަކުގައި މަލާއިކަތްބޭކަލުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ ލައިލަތުލް ޤަދްރީގެ އިޙްތިފާލް ތަކުގައި މަލާއިކަތްބޭކަލުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެބޭކަލުން ބިމަށް ފައިބާވަޑައިގެން، މުއުމިނުންނަށް މާތްالله ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައިގަންނަވާނެ ކަމަށެވެ.

ޚުޠްބާގައި ބުނީ ލައިލަތުލް ޤަދްރި ވަނީ ވަންހަނާކުރައްވާ ފައި ކަމަށެވެ. ނަމަވެސް އެކަމަށް ޝައުޤުވެރި ކުރުވުމަށްޓަކައި އެއީ ރަމަޟާން މަހުގެ ރެއެއްކަން ކަށަވަރުކޮށްދެއްވި ކަމަށާއި، އެ ރޭ ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ކަމަށްވެސް އިޝާރާތްކުރައްވާފައިވާކަމަށެވެ. އަދި މާތް الله މިފަދަ ވަގުތުތައް ވަންހަނާ ކުރައްވަނީ އެކަމަށް އަހަރެމެން ޝައުޤުވެރި ކުރެއްވުމަށް ޓަކައި ކަމަށެވެ.

"އަޅުގަނޑުމެން ފާއިތު ކުރަމުންމިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެއް، ބަރަކާތްތެރި ރޭތަކެއް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކާއި ރޭތައް، ކީރިތ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވި، އަދި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި، އެހެންދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެވަޑައިގެން ގަދައަޅައި ހިއްމަތްކުރެއްވެވި" ޚުތުބާގައި ބުނެފައިވެއެވެ.

ފަހުދިހައިގައި މާތް الله މަތިވެރި ކުރައްވާފައިވާ ޤަދަރުވެރި ރެއެއް ވާކަމަށް ނަބިއްޔާ ޞައްލައްالله ޢަލައިހި ވަސައްލަމް ބަޔާންކުރައްވާފައިވާ ކަމަށާއި، އަދި އެރޭ ހޯދުމަށް، ފަހު ދިހައިގައި ގަދައަޅައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވާފައިވާ ކަމަށް މިއަދު ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ. އެއީ ލައިލަތުލް ޤަދްރީގެ ނަމުން ނަންދެވިފައިވާ ބަރަކާތްތެރި، ޝަރަފުވެރި ރެއެއް ކަމަށާއި، އެރޭ ޝަރަފުވެރި ރެއަކަށްވީ އެރޭގައި ކީރިތި ޤުރުއާން ބާއްވައިލެއްވިފައިވާތީ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ލައިލަތުލް ޤަދްރީގެ މާތްކަން ބަޔާން ކޮށްދެމުން ކީރިތި ޤުރުއާނުން ދަލީލް ގެނެސްދެއްވައި ޚުޠުބާގައި ބުނީ އެރޭގެ އަޅުކަން ކުރުން އެއްހަށް މަހުގެ އަޅުކަން ކުރުމާއި އެއްވަރުކަމަށެވެ. އަދި އެއީ ޘަވާބާއި ދަރުމައިގެ ގޮތުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"ލައިލަތުލްޤަދްރި އަކީ އަމާންކަމުގެ ރެއެއް، އެއީ ސުލްޙަ މަސަލަސްކަމުގެ ރެއެއް، އެރޭގައި ކޯފާ ލެއްވުމެއް ނެތް، ޢަޒާބު ދެއްވުމެއް ނެތް، މި އަމާންކަން ފަތިސްވެއްޖެއުމަށް ދާންދެން މި ބިމުގައި އޮންނާނެ" ޚުޠުބާގައި ބުނެފައިވެއެވެ. 

މިފަދަ ރެއަކަށްޓަކައި އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނީ ސާފުޠާހިރު ކަމާއި އެކުގައި ކަަމަށާއި، އިޚްލާސްތެރިކަމާއި ތެދު ނިޔަތާއި އެކުގައި ކަމަށާއި، އެއްވެސް މީހަކަށް ހަސަދަވެރިކަމެއް، ޢަދާވަތްތެރިވުމެއް ނެތި ކަމަށާއި، ބަދަލު ހިފުމުގެ ރޫޙާއި ދުރުހެލިވެތިބެ، މާތްالله ގެ ވަޖުހުފުޅު އަދައިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.