އެޗް3އެން8 އަކީ ނުރައްކާތެރިކަން ބޮޑު ބައްޔެއް ކަމަށް އަދި ކަމާއިބެހޭ އިދާރާތަކުން ބުނެފައެއް ނުވޭ
ދުނިޔެ
14 Apr 2023 | 13:03
އެޗް3 އެން8 ދޫނި ރޯގާ ގައި އަލަށް މީހަކު މަރުވެއްޖެ

އެޗް3 އެން8 ދޫނި ރޯގާ ގައި އަލަށް މީހަކު މަރުވެއްޖެ ކަމަށް ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފިއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ މި ވައިރަސް އަށް ޕޮޒިޓިވްވި މީހާއަކީ ޗައިނާގެ މީހެއް ކަމަށެވެ. އެމީހާއަށް އެ ވައިރަހުގެ ސަބަބުން ބަލި ޖެހި މަރުވިޔަސް އެވައިރަސް އިންސާނުންގެ ތެރޭގައި އެވައިރަސް ފެތުރޭ ކަމުގެ ހެއްކެއް ހޯދިފައެއް އަދިއެއް ނުވެއެވެ.

ޗައިނާގެ އުތުރުގައި އޮންނަ ގުއަންގްޑޮންގް ޕްރޮވިންގައި ދިރިއުޅުނު 58 އަހަރުގެ މި ވައިރަހުގައި މަރުވެފައިވާއިރު އޭނާ އަކީ މި ވައިރަސް ޖެހި އެބަލި ޖެހުނު 3 ވަނަ މީހާއެވެ. ކުރިން ރިޕޯޓު ކުރެވުނު އެޗް3 އެން8 ގެ ދެކޭހަކީވެސް ޗައިނާއިން ރިޕޯޓް ކޮށްފައިވާ ދެ ކޭސް ކަމުގައި ޑަބްލިޔު އެޗް އޯ އިން ހާމަކުރެއެވެ.

ގުއަންގްޑޮންގްގެ ޕްރޮވެންޝަލް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ އެ ކޭސް ރިޕޯޓު ކުރެވިފައިވަނީ މިދިޔަ މަހުގައި ކަމަށެވެ. ނަމަވެސް މަރުވި މީހާގެ މަރާއި ގުޅޭ ތަފްސީލެއް އެ ސެންޓަރުން ހާމަކޮށްފައެއް ނުވެއެވެ.

އެއަންހެންމީހާ ބަލިވެ މަރުވުމުގެ ކުރިން އޭނާ ޒިޔާރަތްކުރި ވެޓް މާރުކޭޓަކުން އޭނާ އާއި ކޮންޓެކްޓްވި މީހުންގެ ގައިން ނެގުނު ސާމްޕަލް ތައް އިންފްލުއެންޒާ އޭއެޗް3 އަށް ފައްސިވެފައިވާ ކަމަށާއި، އިންފެކްޝަންގެ ސަބަބަކީ އެއީ ކަމަށް ވެދާނެ ކަމަށް ޑަބްލިޔު އެޗް އޯ އިން ބުނެއެވެ.

އިންސާނުން ގައިން ފެނުން މަދު އެޗް3 އެން8 އަކީ ޢާންމުކޮށް ދޫންޏަށް ޖެހޭ ވައިރަސް އެކެވެ. ދޫނި ތަކުން ފެންނަ މި ވައިރަހުގެ އަސަރު ކުރިޔަސް މާބޮޑު ޢަލާމާތްތަކެއް ނުފެންނަ ކަމަށާއި، ބައެއް މަންމަލި ޖަނަވާރުތަކަށްވެސް މި ވައިރަހުގެ އަސަރުކޮށްފައިވާކަމަށް ޑަބްލިޔު އެޗް އޯ އިން ހާމަކޮށްފައިވެއެވެ. އަދި މަރުވި އަންހެން މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވި އެއްވެސް މީހެއްގެ ގައިން މި ވައިރސް ފެނިފައި ނުވާ ކަމަށްވެސް ޑަބްލިޔު އެޗް އޯ އިން ބުނެފައިވެއެވެ.

މިބައްޔާއިމެދު މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިބައްޔަކީ ފަސޭހަ ކަމާއިއެކު އިންސާނުންގެ ތެރޭގައި ފެތުރިގެން ދާނެ ބައްޔެއް ނޫން ކަމަށާއި، ބަލި ފެނުނު ޤައުމާއި، ރީޖަންގައި ބަލި ފެތުރިގެން ދިޔުމުގެ ބިރު އޮތްމިންވަރުވެސް ކުޑަ ކަމަށް ޑަބްލިޔު އެޗް އޯ އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.