އަނަސް ރައީސް ޞާލިހުގެ އަރިހުގައި/
ހަބަރު
15 Apr 2023 | 23:17
އެމްޑީޕީއަށް ގޮނޑި ލިބުނީ ރައްޔިތުން ސަރުކާރަށް އިރުބާރު ކުރާތީ: އަނަސް

ޒަމާނުއްސުރެ ޕީޕީއެމުން ތަމްސީލު ކުރަމުން އައި ގޮނޑިއެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ލިބުނީ މި ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާތީކަމަށް އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ. 

އަނަސް މިފަދައިން ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ޝާޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޝާޒަށް މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓެއްގަ އެވެ. 

އަނަސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ޕީޕީއެމުން ތަމްސީލު ކުރަމުން ދިޔަ ގޮނޑިއެއް އެމްޑީޕީއަށް ލިބުނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާތީ ކަމަށެވެ. އަދި ސަރުކާރަށް އިތުބާރު ކުރާތީ ކަމަށެވެ. 

އެއާއެކު އޭނާ ވިދާޅުވީ މިހާރު އެމްޑީޕީ މިދާ މިސްރާބަށްވެސް ޕާޓީ މެމްބަރުންގެ އިތުބާރާއި ތާއީދު އޮތްކަން މި އިންތިޚާބުގެ ނަތީޖާއިން ފެނިގެން ގޮސްފައިވާ ކަމަށެވެ.  

"މި ކާމިޔާބީއިން ހާމަވާ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު. އަދި އެމްޑީޕީ މިދާ މިސްރާބަށް މި ޕާޓީގެ މެމްބަރުންގެ އިތުބާރާއި ތާއީދު"

އަނަސް އަބްދުއް ސައްތާރު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާގެ ފެކްޝަނުން ރައީސް ޞާލިހާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގަމުންދާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ. 

އެއާއެކު އެމްޑީޕީގެ ޞާލިހު ފެކްޝަނުގެ މެމްބަރުން ގެންދަނީ މި ކާމިޔާބީ އަކީ ރައީސް ޞާލިހަށް ނިސްބަތްވާ ކާމިޔާބީއެއްކަމަށް ސިފަކުރައްވަމުންނެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެވުނީ ރައީސް ޞާލިހުގެ ހުކުމަތްތެރިކަމުން ކަމަށް އެ ފަރާތްތައް ދަނީ ވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.