އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ
ހަބަރު
16 Apr 2023 | 22:48
ދުބާއީގެ އެޕާޓްމެންޓް ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހަކު މަރުވެއްޖެ

ދުބާއީގެ އެޕާޓްމެންޓް ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހަކު މަރުވެއްޖެއެވެ.

ދުބާއީގެ ސިވިލް ޑިފެންސް އިން ބުނެފައިވަނީ ދުބާއީގެ މީހުން ދިރިއުޅޭ އިމާރާތެއްގައި ބޮޑު އަލިފާން ގަނޑެއް ރޯވެ 16 މީހަކު މަރުވެ 9 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

ދުބާއީގެ މީޑީއާ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަލް ރަސް އޭރިއާގައި ހުރި މި އިމާރާތުގައި އަލިފާން ރޯވެފައިވަނީ އެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް ހަމަނުކޮށް ހުރުމުން ކަމަށެވެ.

"ކަމާއި ބެހޭ އިދާރާތަކުން މި ހާދިސާ ހިނގި ތަފްސީލީ ސަބަބު ހޯދުމަށް ކުރަންޖެހޭ އިތުރު ތަހްޤީޤުތައް ދަނީ ކުރަމުން" މީޑިއާ އޮފީހުގެ ބަޔާނުގައި ވެއެވެ.

12:35 ގައި ހާދިސާގެ ރިޕޯޓު ލިބުމާއި އެކު ފަޔަރ ފައިޓަރުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް އިމާރާތުގައި ތިބި މީހުން  ނެރުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް 6 މިނިޓު އިރު ތެރޭގައި ފަށައި ފައިވާ ކަމަށް ޢަރަބް ނިއުސް ގައި ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވީ އެ ޢިމާރާތުގެ 4 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި ކަމަށާއި، ގިނަ ބަޔަކު މަރުވާން ދިމާވީ އަލިފާންގަނޑު ފެތުރިގެން ދިޔަމިންވަރު އަވަސް ކަމުން ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.

ދުބާއީގެ އަލް ރަސް ސަރަހައްދަކީ ބައިބޯ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. ގިނަ ޢަދަދަކަށް މީހުން ދިރިއުޅޭ ގެތަކާއި ރަން ވިއްކާ މާރުކޭޓާއި ތަފާތު ބާވަތްތަކުގެ ހަވާދު ވިއްކާ މާރުކޭޓު އެސަރަހްދުގައި އޮވެއެވެ.  

ކޮމެންޓް
Rauya mohamed
އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުތޯ ، ދިވެހިން އުޅޭ ސަރަހައްދެއްތޯ...؟
17 Apr 2023
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.