އާބަންކޯ --
ހަބަރު
16 Apr 2023 | 23:08
އަރބަންކޯގެ ނަމުގައި ސްޕޭމް ކޯލްތަކާއި ލިންކުތައް ފޮނުވަނީ, ސަމާލުވޭ!

އަރބަންކޯގެ ނަމުގައި ސްޕޭމް ކޯލްތަކާއި ލިންކުތައް ފޮނުވަމުންގެންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އާރބަންކޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި، ޝައްކު ކުރެވޭ ލިންކްތަކެއް ފޮނުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން މިފަދަ މެސެޖުތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް، އަރބަންކޯއިން ބުނީ، އެކޯޕަރޭޝަންގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަމަށެވެ. އަދި ފައިސާ ދެއްކުމަށް އެ ކޯޕަރޭޝަނުން އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށެވެ.

މިފަހަކަށް އައިސް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، ސްޕޭމް ލިންކުތައް ފޮނުވައި މީހުންގެ ޒާތީ މައުލޫމާތުތައް ހޯދައި ގިނަ އަދަދަކަށް މީހުންގެ އެކައުންޓުން ފައިސާ ނެގުންފަދަ ކަންތައްތައް ވަނީ އިތުރުވެފައެވެ.

މި މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުުވުން އޮތް، ގިނަ ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތައް ލިބެންދާ މައްސަލައެކެވެ. އަދި މިކަމާއި ގުޅިގެން ސަމާލުވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.