ގަލްފުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ދުނިޔެ
17 Apr 2023 | 09:04
ސީރިޔާގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ސިޔާސީ ހައްލެއް ހޯދުން:ގަލްފް މިނިސްޓަރުން

ސީރިޔާގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ސިޔާސީ ހައްލެއް ހޯދުން ކަމަށް ޢަރަބި އަދި ގަލްފް ޤައުމު ތަކުގެ މިނިސްޓަރުން ބުނެފިއެވެ.

ސަޢޫދީޢަރަބިއްޔާގެ ޖިއްދާ ގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ޢަރަބި ޤައުމުތަކުގެ އިސްބޭފުޅުންނަށް އެއްބަސްވެވުނު ގޮތަކީ އެއީ ކަމަށް ސަޢުދީ ގެޒެޓްގައި ރިޕޯޓް ކޮށްފައިވެއެވެ.

ޖިއްދާގައި ބޭއްވުނު މި ބައްދަލުވުމަކީ ސަޢުދީގެ ފޮރިން މިނިސްޓަރީއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ސަޢުދީގެ ފޮރިންމިނިސްޓަރ ވަލީއަހުދު ފައިސަލް ބިން ފަރްހާން، ބަހްރެއިންގެ ފޮރިންމިނިސްޓަރ ޢަބްދުالله އާތިފް އަލް ޒަޔާނީ،  ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރ ޑރ އަންވަރް ގަރްގަޝް، ޤަޠަރުގެ ފޮރިން މިނިސްޓަރ ޝައިޙް މުޙައްމަދު ބިން ޢަބްދުއްރަޙްމާން، އޮމާންގެ ފޮރިންމިނިސްޓަރ ސައްޔިދް ބަދްރް އަލް ބުސައިދީ، މިޞްރުގެ ފޮރިންމިނިސްޓަރ ސަމާހް ޝުކްރީ، އުރްދުންގެ ފޮރިންމިނިސްޓަރ އައިމަން އަލްސަފާދީ ގެ އިތުރުން އިރާޤް ގެ ފޮރިންމިނިސްޓަރ ފުއާދް ހަސަން ވަނި ބައިވެރިވެފައެވެ.

ސަޢުދީގެ ފޮރިން މިނިސްޓްރީ އިންވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ބެހޭގޮތުން ބަޔާނެއް ނެރެފައެވެ. އެގޮތުން ބައްދަލުމުގައި މައިގަނދު ގޮތެއްގައި މަޝްވަރާ ކުރެވުނީ ސީރިޔާގެ މައްސަލައަށް ހައްލެއް ގެނެވޭނެ ގޮތަކާއި މެދުގައެވެ. ސީރިޔާގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަކާއި މެދުގައެވެ. އަދި ސީރީޔާ އަށް ކުރިމަރިވެފައިވާ މި ހާލަތުން އަރައިގަތުމަށް ޢަރަބި ޤައުމުތަކާއި ގަލްފްގެ އެހެން ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު މަޝްވަރާ ކުރެވިފައި ވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މިމަޝްވަރާ ކުރުންތަކުގައި ގަލްފް ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ ސީރިޔާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ބޭނުންވާނެ އެހީ ފޯރުކޮށްދިނުމަށް އަމާން މަގިތަކެއް ހޯދައި ދިނުމާއި މެދުގައި ވެސް މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން އެކި ޤައުމުތަކަށް ބެހިގެން ގޮސްފައިވާ ސީރިޔާގެ ރެފިޔުޖީން އެޤައުމަށް، ރައްކާތެރިކަމާއި އެކު އަނބުރާ ގެންދެވޭނެ ގޮތް ގޮތާއި މެދުވެސް ވަނީ މަޝޤވަރާކުރެވިފައެވެ. މީގެ އިތުރުން ސީރިޔާގެ ތެރޭގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ޤައުމުން ބޭރުކޮށް ނުވަތަ އެމީހުންގެ ފަރާތުން ޤައުމު ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކަށް ދިމާވެފައިވާ ކަންކަމާއި މެދު މަޝްވަރާ ކުރެވިފައި ވާކަމަށްވެސް ސަޢުދީގެ ފޮރިންމިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަށް އިޒްރާއިލުން ކުރަމުންދާ މަސައްކަތާއި އެކަމަށް ހައްލެއް ގެނައުމަށް ކުރެވޭނެ ކަންކަމާއި މެދުގައި މަޝްވަރާ ކުރެވިފައިވެއެވެ.

އަދި ދާދި ފަހަކުން ފަލަސްޠީނުގެ ރައްޔިތުންތަކެއް އަލް އަޤްޞާގައި އަޅުކަން ކުރަން ތިއްބައި އިޒްރާއިލްގެ ސިފައިން ވަދެ ފަލަސްޠީނުގެ ރައްޔިތުނަށް ކުރި އަނިޔާއާއި މިސްކިތުގެ ހުރުމަތް ކަނޑާލުން ކުށްވެރިކޮށްފައިވާ ކަމަށް ސަޢުދީ ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.