ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހަށް ޖަވާބުދާރީ ވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
17 Apr 2023 | 12:39
ބްރިޖު މަސައްކަތުގެ ފެންވަރު ދަށްވެގެން އިންޖިނިއަރުން ކަންބޮޑުވެގެން އުޅޭ އަޑެއް ނާހަން: އަސްލަމް

ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން އެ މަސައްކަތް ކުރަމުންދަނީ ފެންވަރުދަށްކޮށް ކަމަށް އެއްވެސް އިންޖިނިއަރެއް ވިދާޅުވާ އަޑު މިހާތަނަށް އައްސަވާފައި ނުވާކަމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހަޒިރުކޮށް ސުވާލުކުރުމުގެ ތެރެއިން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ސައީދު ވިދާޅުވީ އެފްކޮންސް ކުންފުނިން ބްރިޖު އަޅަމުން ދަނީ ފެންވަރު ދަށްކޮށްކަން ފާހަގަކޮށް ރާއްޖޭގެ ވަރަށް ގިނަ އިނޖިނިއަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުންވެސް އެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރާ ގާބިލު ކުންފުންޏަކާ ހަވާލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯ ސައީދު އެއްސެވިއެވެ.

ސައީދުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަޖިލީހުގައި އެފަދަ ވާހަކައެއް ދައްކަވަން ވާނީ އެކަން ސާބިތުކުރެވޭވަރުގެ ހެއްކާއެއްކޮށް ކަމަށެވެ.

އެފްކޯންސްއިން ބްރިޖުއަޅަނީ ފެންވަރު ދަށްކޮށްކަން ފާހަގަކޮށް މިހާތަނަށް އެއްވެސް އިންޖިނިއަރަކު އެ ޝަރުވާ ޕްލޭނިން މިނިސްޓްރީއަށް ކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ބޭރުގެ ފަރާތެއް ވެސް އެފަދަ ކަންބޮޑުވުމެއް ފާޅުކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެފްކޯނުން ކުރާ މަސައްކަތުގެ ކޮލެޓީގައި މައްސަލައެއް އުޅޭކަމަށް ދިވެހިރާއްޖޭގެ އެބަ ބުނާކަމަށް ވިދާޅުވާ ވިދާޅުވުން ސަބްސޭންޝިއޭޓުކޮށްފަ ނޫނިއްޔާ އަޅުގަނޑު ޤަބޫލެއް ނުކުރަން މިތަނުގައި (މަޖިލީހުގައި) އެ ވާހަކަ ދެއްކޭނެ ކަމަކަށް. އަޅުގަނޑެއް އަދި މިހާތާކަށް، އެއްވެސް އިންޖިނިއަރަކު އައިސް އަޅުގަނޑާ ކަންސާނެއްގޮތަށް ރެއިސް ކުރިތަނެއް އެ އަޑެއް ނާހަން. އަދި ރާއްޖެއިން ބޭރު ބަޔަކު އެފަދަ ވާހަކައެއް ދެއްކި އަޑެއްވެސް ނާހަން"

ޕްލޭނިން މިނިސްޓަރު އަސްލަމް 

ތިލަމާލެ ބްރިޖު އެޅުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެން ނަމަވެސް މި ފަސް އަހަރުތެރޭ ބްރިޖު އަޅާ ނިންމާ ނުލެވޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލަން ވަނީ ނިންމާފަ އެވެ.

މި ނިންމުމާއެކު އެ ކުންފުންނިން ބްރިޖުގެ މަސައްކަތް ނިންމާނެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ސުވާލު އުފައްދަވަމުން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.