އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ޓީމެއް/
ހަބަރު
18 Apr 2023 | 15:47
ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަނީ

ރާއްޖެއާއި ރާއްޖޭން ބޭރުގައި އިވެންޓް މެޏޭޖުކުރުމަށް ހާއްސަ ދިވެހި ކުންފުނި، ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ. 

މި ހާއްސަ ނެޓްވާރކިން އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 29 އޭޕްރީލް 2023، ވާ ހޮނިގިރު ދުވަހު ހަވީރު 4:00 ޖަހާއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގަ އެވެ.

މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް، ކުއަލިޓި ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑްއޮފް މާކެޓިންގް އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަ ދައްކަވާނެއެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓަރ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކަޑެމިއެކެވެ. އަދި މި އެކަޑަމީއަކީ ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް އެންމެ މަޤްބޫލުކަން ހޯދަމުން އަންނަ ޓްރެއިނިންގް އެކަޑަމީއެވެ. ރޯޔަލް އެކަޑަމީގައި ދަރިވަރުން ތަމްރީނުތަކަށް ބޭނުން ކުރުމަށް 20އަށް ވުރުން ގިނަ  އެއާކްރާފްޓް ޕްލީޓެއް އޮވެއެވެ.

މިއީ މަލްޓި އިންޖީނު އެއާރކްރާފްޓް ތަކާއި އެކުގައެވެ. ރޯޔަލް އޭވިއޭޝަން އެކަޑަމީން އަންނަނީ މެދުކެންޑުމެއްނެތި އެ އެކަޑަމީގެ ދަރިވަރުންނަށް އެންމެ ފުރިހަމަ ތަމްރީނު ތަޖުރިބާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީން ވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ ،އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފަ އެވެ. ރޮހެލް އޭވިއޭޝަން އެކަޑަމީއަކީ އުނގެނުމާއި ކުރިއެރުމާއި ކުރިއެރުމަށް މަގުފަހިކޮށްދޭ މަލްޓިކަލްޗަރަލް މާހައުލެއް ހޯދައިދޭ ފަޚުރުވެރިވާ އެކަޑަމީއެކެވެ.

ރޯހެލް އޭވިއޭޝަން އެކަޑަމީގައި 80 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، 2023 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެކި އިންޓޭކްތަކަށް 50 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވަނީ އެޑްމިޝަން ހޯދާ އެންރޯލުވެފަ އެވެ.

"ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރޯޔަލް އެކަޑަމީގައި މިހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިންގް ހަދަމުން ދާ ދަނޑިވަޅެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހި ކުދިންނަށް ބައްދަލު ކޮށްލަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް އިންޑަސްޓްރީގެ އިސްވެރިންނާ އެކު ނެޓްވޯކް ކޮށް، ހިޔާލު ބަދަލުކޮށް، އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ދަސްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެ."

ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް

މިއިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ކޮންމެ ބޭފުޅަކަށްވެސް އެފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެހެންނަމަވެސް އޮންލައިންކޮށް ރެޖިސްޓަރ ވާ ބޭފުޅުންނަށް އިސްކަން ދެވޭނެއެވެ.

އެގޮތުން މިއިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް މި ލިންކު މެދުވެރިކޮށް ރެޖިސްޓަރ ވުމަށް އެދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.