އިސްލާމިކް މިނިސްޓަރު ޑރ ޒާހިރު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
18 Apr 2023 | 18:59
މަޝްއަރު އުމުރާ ގުރޫޕުން ސައުދީ އެއާލައިނަށް 90000 ޑޮލަރު ނުދައްކާ އޮތްކަން ހާމަކޮށްފި!

138 މީހުން މި ރޯދަމަހު އުމުރާއަށް ގެންދިއުމަށް ފްލައިޓު ޗާޓަރު ކުރި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ދެ ޗެކު ބައުންސްވެފައި ވަނިކޮށް އެ ގުރޫޕުން ސައުދީ އެއާލައިންސްގައި ގެންދިޔަ މީހުންގެ ޓިކެޓަށްވާ ފައިސާ ނުދައްކާ އޮތް މައްސަލައެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. 

އަލް މަޝްއަރު ގުރޫޕުގެ ހަވާލުގައި އެހެން އެއާލައިނެއް މެދުވެރިކޮށް ދެ ބުރެއްގެ މަތިން 138 މީހަކު އުމްރާ އަށް ގެންދިޔަ އެވެ. އެކަމަކު، ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓްގެ ފައިސާގެ އަދަދަށް ވާ ދެ ޗެކް ބައުންސް ވުމުން، ފްލައިޓް ޗާޓަރު ކޮށްދިން ދިވެހި ކުންފުނިން ވަނީ އެ މައްސަލަ އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ.

އަލް މަޝްއަރު އުމުރާ ގުރޫޕުން "ޓްރެވެލް 2 މޯލްޑިވްސް" ކިޔާ ކުންފުންޏެއް މެދުވެރިކޮށް ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނެގުމުގެ ހަރަދަށް 141،450 ޑޮލަރު އަރާފައި ވެ އެވެ. 

ފައިސާ ފަހުން ދައްކާނެ ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުުން ދޫކުރީ ދެ ޗެކުވެސް ބައުންސް ވެފައިވާއިރު، އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން އެ މިނިސްޓްރީން ވަނީ އެ ގުރޫޕާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް ހާމަކޮށްފަ އެވެ. 

އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވީ ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ ކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސައޫދީ އެއާލައިންސަށް މަޝްރައު އުމްރާ ގުރޫޕުން 90،000 ޑޮލަރު ދައްކަން ޖެހެ އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެ ފައިސާ އެއާލައިނަށް ދެއްކުމަށް މަޝްރައު އުމުރާ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ބާރު އަޅަމުން އަންނަ ކަމަށެވެ. 

"ޓްރެވެލް 2 މޯލްޑިވްސް" އިން ޗާޓަރު ކޮށްދިން ފްލައިޓްގައި އުމްރާ އަށް ގެންދިޔަ 138 މީހުން މި މަހުގެ 27 ގައި ރާއްޖެ ގެންނަން ތާވަލު ކޮށްފައިވާއިރު، ބައުންސްވި ދެ ޗެކަށް އަދިވެސް އަލް މަޝްއަރު ގުރޫޕުން ފައިސާ ނުދައްކާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވި އެވެ.

އޭގެ އިތުރުން އަލް މަޝްއަރު ގުރޫޕްގެ ހަވާލުގައި ގެންދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ ގެނައުމުގައި ތާށިތަކެއް އުޅެފާނެތީ އެކަމާ އިންތިހާ އަށް ކަންބޮޑުވެޑައިގަންނަވާ ކަމަށް ޑރ ޒާހިރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.