ޕްލާސްޓިކް ކޮތަޅު-- ފޮޓޯ/ ޕީއެސްއެމް
ހަބަރު
18 Apr 2023 | 21:51
ވަކި ކޮތަޅުން ޓެކްސް ނަގަން ފެށުމާއިއެކު ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު އެތައް ގުނައެއް މައްޗަށް

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަންފެށުމާއިއެކު ގަނޑުކޮށް ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ އަގު އެތައް ގުނަ އަކަށް މަތިވެއްޖެއެވެ.  

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން މިރާއިން ކުރި ޓުވީޓެއްގައި ބުނީ، ޕްލާސްޓިކް ކޮތަޅު ބޮނޑި ގޮތަށް ވިއްކި ނަމަވެސް، ބޮނޑި އަކު އިންނަ ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގަން ޖެހޭ ކަމަށެވެ.  

މިކަން މީރާ އިން އާންމުކޮށްފައިވާ 'ޕްލާސްޓިކް ކޮތަޅުގެ ފީ ގައިޑް'ގައި ވެސް އެ އީދާރާއިން ފާހަގަކޮށްފައިވެއެވެ. 

"ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް 2ރ.ގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ އެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނަމަ، އޭގެ އަގުން ޖީއެސްޓީ ވެސް ނަގަންވާނެ އެވެ،" ޕްލާސްޓިކް ކޮތަޅުގެ ފީ ގައިޑުގައިވާ ސުވާލެއްގެ ޖަވާބުގައި ބުނެފައިވެއެވެ. 

މި އުސޫލާއި އެކު ބާޒާރުގައި ކޮތަޅު ބޮނޑީގެ އަގު ވަރަށް ބޮޑަށް ވަނީ މައްޗަށް އަރާފައެވެ. 

ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ އަގު

ކުދި - 220ރ. (ކުރިން 25ރ.)

މެދު - 228ރ. (ކުރިން 35ރ.)

ބޮޑު - 235ރ. (ކުރިން 48ރ.)

އެކްސްއެލް - 285ރ. (ކުރިން 115ރ.)

އެކްސްއެކްސްއެލް - 365ރ. (ކުރިން 220ރ.)

ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި މި ބޮޑު ބަދަލާއި އެކު ވިޔަފާރި ވެރިންގެ އަތުން އެކަމަށްދާ ޚަރަދު އެތައް ގުނަ އަކަށް ބޮޑުވެގެން ގޮސްފައިވާއިރު އެކަމާއި ގުޅިގެން އެފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ހުސޭނުބެ
ޓެކްސް ނެގިޔަސް ހުޅުމާލޭގައި ހިންގާ ފެކްޓަރީތަކުގައި ކޮތަޅު ހަދަމުން ދެއެވެ. ކޮތަޅުން ޑިޔުޓީ ބޮޑުކުރިއިރު ކޮތަޅު ހަދާ ރޯ މެޓީރިއަލް ގެ ޑިޔުޓީ ހުރީ ހަމަ ކުރިން ހުރި ވަރަށެވެ. މިއީ ބަޔަކަށް ހުޅުވާލަދިން ވިޔަފާރިއެކެވެ.
18 Apr 2023
ރައްޓާ
ވިޔަފާރި ވެރިޔާއަށް ވުރެ މާބޮޑު ގެއްލުމެއް ނިކަމެތި ރައްޔިތުންނަށް ކުރާނެ.
19 Apr 2023
ޏަމް
ކޮންތާކު އެމީހުން ތިބީ އުފަލުން. އިއްޔެގަވެސް 8 ރުފިޔާ އެރި ކޮތަޅަށް. އެއެއްޗެހިން ދެރަވާނެ ދޯ
19 Apr 2023
ގުޅޭ ލިޔުންތައް
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.