ޤަޠަރާއި އިއްތިހާދުގެ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަނީ
ދުނިޔެ
18 Apr 2023 | 23:29
ޤަޠަރާއި އިއްތިހާދުގެ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަނީ

ޤަޠަރާއި އިއްތިހާދުގެ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރަން ފަށައިފިކަމަށް އެދެގައުމުގެ އިސް އޮފިޝަލުން ބުނެފިއެވެ.

ދެ ޤައުމުގެ ދެމެދުގައި އުފެދިފައިހުރި މައްސަލަތައް ހައްލުކޮށް ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރުމާއި އެމްބަސީތައް އަލުން ހުޅުވުން ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށް ވެސް ދެޤައުމުގެ ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.

ދެ ޤައުމުގެ މި ފިޔަވަޅަކީ ޢަރަބި ޤައުމަތަކުން ދޯހާ ބޮއިކޮޓް ކޮށްފައި އޮންނަ އޮތުން ނިންމުމަކަށް ގެނައިތާ ދެއަހަރެއްހާ ދުވަސްފަހުންނެވެ.

ދެ ޤައުމުންވެސް ބައިނަލް އަޤްވާމީ މީޑިއާތަކަށް މިކަންތައް ކަށަވަރުކޮށްދީފައިވެއެވެ. އެގޮތުން އިއްތިހާދުގެ އޮފިޝަލަކު ރޮއިޓާސް އަށް ބުނެފައިވަނީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ޤާއިމް ކުރުމާއި އެމްބަސީތައް އަލުން ހުޅުވުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ. ޤަޠަރުގެ ބައިނަލްއަޤްވާމީ މީޑިއާ އޮފީހުން ބުނެފައިވަނީ އެކަމާއި ގުޅޭ މަސައްކަތްދަނީ ކުރިއަށް ކަމަށާއި އެމްބަސީތައް އަލުން ހުޅުވުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށެވެ.

ގަލްފްގެ އޮފިޝަލަކު ބުނެފައިވަނީ ޖޫން މަހުގެ މެދެއްހާ ހިސާބުގައި އެމްބަސީތައް ހުޅުވިގެން ދާނެ ކަމަށާއި ޑިޕްލޮމެޓިކް ގުޅުންތައް ދެތިން ހަފްތާއެއްގެ ތެރޭގައި ގާއިމް ވެގެންދާނެކަމަށެވެ.

މިދުވަސް ވަރަކީ ޢަރަބި ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ދޫކޮށް ސުލްޙަވެ އަލުން ގުޅުންތައް ގާއިމްކުރަމުންދާ ދުވަސްކޮޅެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެގޮތުން ބަލާއިރު ސަޢުދީޢަރަބިއްޔާ އާއި އިރާނުން އެތައް އަހަރެއްވަންދެން އުފެދިފައި އޮތް ދެބަސްވުންތަކާއި ނުތަނަވަސްކަން ދޫކޮށް މިދިޔަ މަހުވަނީ އަލުން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައެވެ.

ގިނަ ޢަރަބި ޤައުމުތަކަކުން ސީރިޔާ އާއި އޮތް ގުޅުން އެތައް އަހަރެއް ވަންދެން ކަނޑައިލައިފައި ބޭއްވުމަށްފަހު އަލުން ގުޅުން ބަދަހި ކުރުމަށްވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ސަޢުދީޢަރަބިއްޔާ އާއި މިޞްރުވެސް ހިމެނެއެވެ.

ޔަމަނުގައި، ޔަމަނުގެ ހޫތީ މޫވްމެންޓާއި ސަޢުދީ ސަރުކާރާއި ދެމެދު ސުލްޙައިގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. މިވާހަކަތަކުގެ ސަބަބުން ސަޢުދީގެ ޖަލުތަކުގައި ހައްޔަރުކޮށްފައިތިބި ބައެއް ގައިދީން ބަދަލުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގައިފައެވެ. މަޝްރަހު ދިރާސާކުރާއ ފަރާތްތަކުން ލަފާކުރަނީ ހޫތީންނާއި ސަޢުދީ އާއި ދެމެދު ސުލްހައިގެ އިތުރު ވާހަކަތައްކުރިއަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

2017 ގައި މެދެއްހާ ހިސާބުގައި ސަޢުދީޢަރަބިއްޔާ، އިއްތިހާދު، ބަހްރެއިން އަދި މިޞްރުން ވަނީ ޤަޠަރާއި އޮންނަ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. އޭރު ޤަޠަރާއި މެދު ކުރެވިފައިއޮތް ތުހުމަތަކީ ޓެރަރިސްޓު ޖަމާޢަތަކަށް އެއްބައިވެ އިރާނާއި ދެކެޅަށް އެޖަމާޢަތަށް އެހީވި ކަމުގެ ތުހުމަތެވެ. ނަމަވެސް އެޤައުމުން އެކަން ވަނީ ދޮގުކޮށްފައެވެ.

އޭގެ ފަހުން ޤަޠަރާއި ގުޅުން އެންމެ ފުރަތަމަ ގާއިމް ކުރީ މިޞްރާއި ސަޢުދީޢަރަބިއްޔާ އިންނެވެ. އަދި ފާއިތުވި ހަފްތާގައި ބަހްރެއިން އިން ވަނީ ޤަޠަރާއި ގުޅުން ބަދަހިކޮށްފައިވާ ކަން އިއްލާނު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.