ވަލީއަހުދު ފައިސަލް އާއި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުއާއި އެކު ބޭއްވުނު ބައްދަލުވުން
ދުނިޔެ
19 Apr 2023 | 09:40
ސަޢުދީގެ ފޮރިން މިނިސްޓަރ ސީރިޔާގައި

ސަޢުދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ވަލީއަހުދު ފައިސަލް ބިން ފަރްހާން ސީރިޔާގެ ދިމިޝްޤަށް ޒިޔާރަތްކޮށްފިއެވެ.

ސަޢުދީ ފޮރިން މިނިސްޓަރ ދިމިޝްޤަށް މިކުރާ ޒިޔާރަތަކީ ދެޤައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް ކުރާ ޒިޔާރާތެކެވެ. މި ދަތުރުގައި ވަލީއަހުދު ފައިސަލް ބިން ފަރްހާން ވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާއި ބައްދަލުކޮށްފައެވެ.

ވަލީއަހުދު ފައިސަލް އަކީ 2011 ވަނަ އަހަރު ފެށުނު ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށްފަހު ސީރިޔާ އަށް ޒިޔާރަތްކުރާ ސަޢުދީގެ އެންމެ އިސް އޮފިޝަލެވެ.

ސަޢުދީގެ ފޮރިން މިނިސްޓަރާއި ސީރިޔާގެ ރައީސް އާއި މެދު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ދާޚިލީ ހަމަނުޖެހުން ތަކަށް ނިމުމެއް ގެނައުމަށްޓަކައި ސިޔާސީ އެއްބަސްވުމެއް ހާސިލްކުރުމާއި، ޢަރަބި ލީގާއި ސީރިޔާ އަލުން ގުޅުމަށް އެކަމަކީ ބާރަކަށް ވެގެންދާނެ ކަމަށް ވަލީއަހުދު ހާމަކޮށްފައިވެއެވެ.

ވަލީއަހުދު ފައިސަލް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާއި ދެއްކިވާހަކައިގައި ސީރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ބޭނުންވަ އެހީ ފޯރުކޮށްދެވޭނެ ފަދަ ވެއްޓެއް ގާއިމް ކޮށްދިނުމަށް އެދިފައިވެއެވެ. އަދި ސީރިޔާ މިހާރު އޮތް ހާލަތައްވުރެ ރަނގަޅު ހާލަތަކަށް ވީހާވެސް އަވަސް ފުރުސަތެއްގައި ގެންގޮސް ސަރަހައްދުގެ އެހެން ޤައުމުތަކުގައި ނިކަމެތި ހާލުގައި އުޅެމުންދާ ސީރިޔާގެ ރެފިޔުޖީންނަށް ޤައުމަށް އެނބުރި ދެވޭނެ މަގެއް ފަހިކޮށްދިނުމަށް ގޮވައިލައިފައިވެއެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ބުނެފައިވަނީ ސަޢުދީޢަރަބިއްޔާ އާއި ސީރިޔާ އާއި ދެމެދު އޮންނަ ގުޅުން އަމާންކޮށް ބާއްވަން ޖެހޭ ކަމަށެވެ. އެއީ އެކަމަކުން ހަމައެކަނި ދެޤައުމަށް އެކަނި ފައިދާ ކުރާނެ ކަމެއް ނޫން ކަމަށާއި، ޢަރަބި ދުނިޔެއަށްވެސް މިކަމުގެ ފައިދާތައް ލިބިގެން ދާނެ ކަމަށެވެ.

ވަލީއަހުދު ފައިސަލް ބިން ފަރްހާން ދިމިޝްޤަށް ކުރި މިދަތުރަކީ ސީރީޔާގެ ފޮރިން މިނިސްޓަރ ފައިސަލް މިޤްދާދް ސަޢުދީޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ވަލީއަހުދު ފައިސަލް ބިން ފަރްހާން އާއި ބައްދަލުކުރުމަށް ޖިއްދާ އަށް ކުރި ދަތުރަށް ހަފްތާއެއްހާ ދުވަސްފަހުން ކުރި ދަތުރެކެވެ.

މިބައްދަލުވުމުގައި ސީރިޔާއިން އެޤައުމުގެ އެއްބައިވަންތަ ކަން ދެމެހެއްޓުމާއި، އަމާންކަމާއި، އަމިއްލަވަންތަކަން އަދި އެޤަމުގެ ބިމުގެ ކަންކަމުގައި އަމިއްލަ ގޮތް ނިންމުމުގެ ބާރު ދެމެހެއްޓޭނެ ގޮތާއި މެދު މަޝްވަރާކޮށްފައިވެއެވެ.

އަދި ހަމަ އެބައްދަލުވުމުގައި ސީރިޔާގެ މައްސަލައަށް ހައްލެއް ގެނައުމަށް ސިޔާސީ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާއި މެދުގައި މަޝްވަރާކުރެވިފައިވެއެވެ. މިއާއި އެކު ދެ ޤައުމުގެ ދެމެދުގައި ކަނޑާލައިފައި އޮތް ފްލައިޓްގެ ޚިދްމަތް އަލުން ދިނުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

ހަމަ އެހަފްތާތެރޭގައި ގަލްފް ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ ސީރީޔާގެ އެއްބައިވަންތަކަމާއި، އަމާންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމާއި މެދު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި ގަލްފް ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް އެއްބަސްވުމަކަށް އާދެވުނީ ސީރިޔާގެ މައްސަލަގައި އޮތް ހަމައެކަނި ހައްލަކީ ސިޔާސީ ހައްލެއް ހޯދުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ