ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --
ހަބަރު
19 Apr 2023 | 10:55
ރައީސް ނަޝީދަށް ދުވަހަކުވެސް އިހްތިރާމެއް ނުކުރާނަން: ރޮޒައިނާ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދުވަހަކުވެސް އިހްތިރާމް ނުކުރާނެ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. 

ރޮޒެއިނާ މިފަދައިން ވިދާޅުވެފައި ވަނީ، އޭނާ ރައީސް ނަޝީދަށް އަމާޒުކުރައްވައި ކުރައްވާފައިވާ ޓުވީޓަތަކަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. 

އެގޮތުން އިންތި ކުރެއްވި ޓުވީޓުގައި ވަނީ، ދިވެހި ގައުމަށްޓަކައި ނުވަތަ އެމްޑީޕީ އަށްޓަކައި ކުރި މަސައްކަތެއްގެ ތެރެއިން ރޮޒޭނާއާއި އޭނާގެ އާއިލާގެ މީހެއްގެ ހަށިގަނޑަށް، ޖިސްމަށް ލަކުނެއްހާ ކަންފުޅެއް ވެސް އަރާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ. 

"މިދަރަޖައަށް ހަޔާތް ގެއްލުނީމާ އެނގެނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މި ޕާޓީ ގެންގޮސް ވައްޓަލަން ބޭނުންވި ހިސާބުކަން." އިންތި ވިދާޅުވި އެވެ. 

އިންތިގެ ޓުވީޓަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ، އިހްތިރާމަކީ ހޯދާ އެއްޗެއް ކަމަށެވެ. އަދި އޭނާ އަށް އިހްތިރާމް ނުކުރާ މީހަކަށް އޭނާ އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ނުކުރަންވެސް ރޮޒައިނާ ވިދާޅުވި އެވެ. 

މިއާއެކު ރޮޒައިނާ ވަނީ، އޭނާ އަށް ނިސްބަތްކޮށް ދޮގުތަކެއް ފަތުރާ ފައިވާ ކަމަށާ, އެ ހުރިހާ ދޮގުތަކަށް ފަހުގައި ރައީސް ނަޝީދަށް އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ. 

"މަށޭ ކިޔައިގެން ތިހިރަ ފަތުރާލިހާ ދޮގުތަކަށްފަހު އޭނާ (ރައީސް ނަޝީދު) އަށް އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަނީތަ ތި؟ ހަނދާން ނައްތާލާ. ދުވަހަކު ވެސް ނުވާނެ." ރޮޒައިނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް