ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ކޮޅެއް
ހަބަރު
19 Apr 2023 | 10:54
ޢަރަބިއްޔާ މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަނީ

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ މޫނު ބުރުގާ ނަގައިގެން ސްކޫލަށް އައުމަށް އެންގި އެންގުމުގެ ސަބަބުން އެދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށައެޅި ހުށައެޅުމަށް ކޯޓުން ކުރި ޙުކުމްހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ވަކާލާތު ކުރައްވާ ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ ޢާއިޝާތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ކޯޓުން މިކަމާއި ގުޅިގެން ކުރި ޙުކުމާއި ގުޅޭ ގޮތުން ޢާޒިމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޢަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން ނިޤާބް އަޅާ އަންހެން ދަރިވަރުން ސްކޫލަށް ދިޔުމަށް ކުރިމަތިކުރަމުންދާ ދަތިތަކުގެ މައްސަލައިގައި، ހުށައެޅުނު ވަގުތީ އަމުރުގެ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމަވައިފި ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ސިވިލް ކޯޓުގެ ނިންމުން ދިރާސާކޮށް، އެނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ކަމުގައި ނުފެންނާތީ ކަމަށް ޢާޒިމާ ވިދާޅުވެފައިވެއެވެ.

ޢަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ ކުދިންނާއި ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށައެޅި މިމައްސަލައިގައިވަނީ ޢަރަބިއްޔާއަށް އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަނިކޮށް އެ ކުދިންނަށް އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާކަމަށެވެ. އަދި އެއީ ސްކޫލުގެ ޔުނިފޯމް ކޯޑާއި ހިލާފުކަމެއްކަމުގައި ބަޔާންކޮށް ލިއުމުން ވެސް އިންޒާރު ދީ ސްކޫލަށް ހާޒިރުވެ ތައުލީމު އުނގެނުމަށް ހުރަސްތަކާއި ކުރިމަތިކުރުވަމުންދާކަމަށެވެ.

މީގެ އިތުރުން ނިޤާބް އެޅުމަކީ ނުވަތަ މޫނު ނިވައިކޮށްގެންނޫން ގޮތަކަށް މުޖްތަމަޢަށް ނުކުތުމަކީ މިހާރު ދިވެހިރާއްޖޭގައި މުޖްތަމަޢުން ޤަބޫލުކޮށްފައިވާ އަދި ޤާނޫނީގޮތުން ހުއްދަ ހެދުން އެޅުމުގެ އާދައަކަށްވާއިރު، އެހެން ކުދިންނެކޭ އެއްގޮތަކަށް ސްކޫލަށް ޙާޟިރުވެ ތަޢުލީމްގެ ފުރުޞަތުތައް ލިބިގަތުމުގެ ޙައްޤު އެކުދިންނަށްވެސް ލިބިގެންވާކަން ފާހަގަކޮށް، މިމައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވެންދެން، ނިޤާބު އަޅައިގެން ދާ ކުދިންނަށް ސްކޫލަށް ޙާޟިރުނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި އަދި ޢަރަބިއްޔާސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ. 

މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ ޢަރަބިއްޔާ ސްކޫލުގެ ޔުނިފޯމް ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މޫނު ބުރުގާ އެޅި ނަމަވެސް ތައުލީމު ފުރިހަމަ ކުރުމުގައި އެއްވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެކަމާއި އެއްވެސް ހައްގަކުން މަހުރޫމްކޮށްފައި ނުވާކަން ހާމަވާކަމަށެވެ. އެހެންވެ، އެކަމަށް ރިއާޔަތް ކުރުމަށް ފަހު ބެލެނިވެރިން ހުށަހެޅި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އަދި މީގެ އިތުރުން ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ސިދާ ގޮތެއްގައި އަސަރުކޮށްފައިވާ މީހަކަށް ކަމަށާ، އަދި ކޯޓަށް މައްސަލަ ހުށަހަޅާއިރު ހައިސިއްޔަތު ވެސް ސާފުވާން ޖެހޭކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.  

މައްސަލަ ހުށަހަޅާފައިވާއިރު، އެއީ މޫނު ބުރުގާ އެޅި ކުދިންގެ ފަރާތުންކަމަށް ބުނި ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން ތައުލީމު ހާސިލު ކުރަނީ ކޮން ގެރޭޑެއްގައިކަމަށް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތްކަން ފާހަގަކޮށް ކޯޓުގެ ނިންމުމުގައި ބުނީ، އެ ސަބަބުތަކަށް ބަލާއިރު މިހާރު މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްތު އޮތްކަން ބެލެވެން ނެތްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ