މެމްބަރު ސަނީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
20 Apr 2023 | 15:49
ނަޝީދު ވެއްޖެއްޔާ އަމިއްލަ ޕާޓީއާއި ދެކޮޅަށް މަސައްކަތް ކުރުންވެސް ވަނީ ޑިމޮކްރަސީއަށް: ސަނީފް

މުޙައްމަދު ނަޝީދު ކުރައްވައިފި ނަމަ ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނަވާ ޕާޓީއާއި ދެކޮޅަށް މަސައްކަތްކުރުން ވެސް ވަނީ ޑިމޮކްރަސީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވެއްޖެ އެވެ.

ސަނީފު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅާފައި ވަނިކޮށް އެ ކެންޑިޑޭޓާއި ދެކޮޅަށް އަދި މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ސަނީފު ވިދާޅުވަނީ ނަޝީދާއި ޖެހުނީމާ ޑިމޮކްރަސީގެ އުސޫލުތައްވެސް ބަދަލުވާ ކަމަށެވެ. އެމަނިކުފާނު އަމިއްލަފުޅު ޕާޓީއާއި ދެކޮޅަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް އެއީ ޑިމޮކްރަސީގެ ހަމަކަމުގައި ބައްލަވަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބަލިވެ ވަޑައިގަތުމުން ބަލި ޤަބޫލުފުޅު ނުކުރެއްވުމަކީ ވެސް ޑިމޮކްރަސީކަމަށް ބަލައިގަންނަން ޖެހޭކަމަށް ސަނީފުގެ ޓްވީޓުގައި ވަނީ އިޝާރާތް ކުރައްވާފަ އެވެ. 

އޭގެ އިތުރުން ސަނީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަމުން ގެންދަވާ ގޮތާއި ގުޅިގެންވެސް ފާޑުކިޔުންތައް އަމާޒުކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހުންނެވި ނަމަވެސް ގިނަ ދުވަސްތަކު ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު އަފީފުކަމަށް ސަނީފު ވިދާޅުވި އެވެ. އަދި އޭނާ ވަނީ މަޖިލީހުގެ ރިޔާސުން ނަޝީދު ބޭލުމަށްފަހު އެ މަގާމު އަފީފަށް ދިނުން މާ ރަނގަޅުކަމަށް ވިދާޅުވެފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ޕާޓީގެ ދެ ރައީސުންނަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި އޮތް ޚިޔާލުފަތުވުންތައް ބޮޑުވެ ޕާޓީ ދެބައި ވެފައިވާއިރު މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތަކެއްވެސް ބަދަލުކުރައްވަމުން ނެވެ. 

މިފަހުން ސަރުކާރުގައި ތިއްބެވި ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން މަޤާމުތަކުން ވަކިކުރައްވާފައިވާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ނަޝީދާއި އޭނާގެ ވަފާތެރިން ތާއީދުކުރަން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށެވެ. 

އޭގެ އިތުރުން އެމްޑީޕީގެ ރައީސް ނަޝީދާއި އޭނާގެ ފަހަތްޕުޅުގައި ތިއްބެވި މެމްބަރުން ގެންދަވަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް