މައްސަލައިގައި ހައްޔަރު ކުރެވުނު ޗައިނާ މީހާ
ދުނިޔެ
21 Apr 2023 | 10:11
ޕާކިސްޠާނުގައި އިސްލާމް ދީނަށް ފުރައްސާރަކުރި ޗައިނާ މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުގައި މަސައްކަތް ކުރަމުން ދިޔަ ޗައިނާ މީހަކު އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.

މިސްޓަރ ޓިއާން ނަމަކަށް ކިޔާ މިމީހާ އަކީ ޗައިނާއިން ޕާކިސްތާނުގައި ކުރިއަށް ގެންދާ ހައިޑްރޯޕަވަރ ޕްރޮޖެކްޓް ގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އިސްލާމްދީނަށް ފުރައްސާރަ ކުރިކަމަށް ބުނެފައިވަނީ އޭނާ އާއި އެކު މަސައްކަތް ކުރާ ބަޔެކެވެ.

ޕާކިސްތާން ފުލުސް އޮފިސަރެއް ކަމަށްވާ ޠާހިރް އައްޔޫބް  ބުނެފައިވަނީ މިމައްސަލައިގައި ތުހުމަތުކުރެވޭ މީހާ މައްސަލައިގެ ތަހްޤީޤަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައވާކަމަށެވެ.

މުސްލިމުންގެ އާބާދީ ބޮޑު ޕާކިސްތާނުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މަރުގެ އަދަބު ކަނޑައަޅައިފައި އޮންނަ ކުށެކެވެ.

ހައިޑްރޯޕަވަރ ޕްރޮޖެކްޓްގެ ހެވީޓްރާންސްޕޯޓްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މިމީހާ، އޭޕްރީލް 15 ވަނަ ދުވަހު ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކޮށްފައިވާކަމަށާއި، މަސައްކަތުގައި އުޅޭ ވަގުތު މަސައްކަތް ތެރިން ނަމާދަށް ދާތީ މަސައްކަތް ލަސްވާކަމަށް ބުނެ މަސައްކަތް ތެރިންނާއި ދިމާއަށް އެއްޗެހި ކިޔައި ހަދައިފައިވާކަމަށެވެ.

ދާސޫ ހައިޑްރޯޕަވަރ ޕްރްޖެކްޓަކީ ޕާކިސްތާނުގެ ކޮހިސްތާން ޑިސްޓްރިކް ގައި، ޗައިނާގެ ގެޒޫބާ ގްރޫޕް ކޮމްޕެނީ އިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އިސްލާމްދީނަށާއި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކުރުމުގެ މި މައްސަލައިގެ ސަބަބުން ގިނަ ބަޔަކު ވަނީ މަގުތަކަށްނުކުމެ ނުރުހުން ފާޅުކޮށް އެމީހާ ހައްޔަރުކުރުމަށް ގޮވާލައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.