އަޅުކަން ކުރުމަކީ ވަކި މޫސުމަކާއި ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ޚުޠުބާ
ދީން
21 Apr 2023 | 13:13
އަޅުކަން ކުރުމަކީ ވަކި މޫސުމަކާއި ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ޚުޠުބާ

އަޅުކަން ކުރުމަކީ ވަކި މޫސުމަކާއި ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނެފައިވަނީ އަޅުކަން ކުރުމަކީ ވަކި މޫސުމަކާއި ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަމަށާއި އެހެނީ ރަމަޟާން މަހުގެ ވެރި ،الله އަކީ އެހެން މަސްމަތަކުގެވެސް ވެރި الله ކަމަށެވެ. އަދި މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، الله އަށް އަޅުކަން ކުރަންޖެހޭ ބައެއް ނޫން ކަމަށާއި، މުއުމިނުންގެ މުޅި ހަޔާތުގައިވެސް އަޅުކަން ކުރަންޖެހޭކަމަށެވެ.

"މުއުމިނުންގެ މުޅި ހަޔާތުގައިވެސް އަޅުކަން ކުރަންޖެހޭ، ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވޭ، ރަމަޟާން މަހަކީ އެފަދަ މޫސުމެއް، އެއީ އެމޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، އަދި އެމަސްނިމުނީމާވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެ" 

ހުކުރު ޚުތުބާ

ރަމަޟާން މަސް އަހަރެމެންނާއި އަލްވަދާޢު ކިޔައިފި ކަމަށާއި، ނަމަވެސް އެމަހުގެ ވެރި الله ދިރި ދޮމިވޮޑިގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފުރިހަމަ މުއުމިނަކު، ދުވަހުކުވެސް ހެޔޮ ޢަމަލު ކުރުމަށް އަލްވަދާޢެއް ނުކިޔާނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުން ކަމަށާއި، ޔަޤީންވެގެންވާ މަރު އަހަރެމެންނާއި ބައްދަލުކޮށްފުމަށް ދާންދެނެއެވެ. އަޅުކަން ކުރުމަކީ އަހަރެމެން ޚަލްޤުކުރައްވާ، އަހަރެމެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށް ޚުތުބާ އިއްވަމުން ޚަތީބު ބުނެފައެވެ.

މުސްލިމަކު ހެޔޮ ޢަމަލުކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެކުރެވުނު ހެޔޮޢަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.  

ރަމަޟާންމަސް އަހަރެމެންނާއި ވަކިވެގެންދިޔައީ، ޝައްވާލު މަހުގެ ހަރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައި ކަމަށާއި، އެހެންކަމުން  ހެޔޮކަމަށް އެދޭމީހަކަށް ވުމަށް ޚުތުބާގައި ގޮވާލައިފައިވެއެވެ. އަދި ދީލަތިވަންތަ الله ދެއްވި މި ނިޢުމަތުގެ ބޭނުންހިފުމަށާއި މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަތުމަށް ވެސް ޚުތުބާގައި ނަސޭހަތް ތެރވިވެފައި ވެއެވެ.

ނިމިދިޔަ ރަމަޟާން މަހު، އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާނަމަ މިއީ ރަނުގެ ފުރުސަތެއް ކަމަށާއި ތައުބާގެ ހިތަކާއި އެކު، الله ގެ ހަޟްރަތަށް ރުޖޫޢަވުމުގެ ރަނގަޅު ފުރުސަތެއް ކަމަށާއި އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ގިނަގިނައިން ތައުބާވެ، މާތް الله އަށް އިސްތިޣްފާރް ކުރާށެ، އިސްތިޣްފާރު ކުރުމަކީ اللهގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން، އެކަނލާންގެ އެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލު ކުރައްވާ ފާފަފުއްސަވާ ރަސްކަނލާންގެ، އެކަނލާންގެ އެއި އެކަނލާންގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް، އެކަނލާންގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަނލާންގެ" ޚުތުބާގައި ބުނެފައިވެއެވެ.

އަދި ހެޔޮކަމަށް އެދޭމީހާ އެކަމަށް އަވަސްވެގަތުމަށާއި އެކަނލާންގެ ރަޙްމަތުގެ ދޮރުކޮޅަކީ އެދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވާލެވިފައިވާ ދޮރުކޮޅެއް ކަމަށް ޚުތުބާގައި ގޮވާލައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.