އެޗްޑީސީގެ ނަންބޯޑު އާބަންކޯ އަށް ބަދަލުކޮށްފައި/ ފޮޓޯ: ޕީއެސްއެމް
ވިޔަފާރި
22 Apr 2023 | 13:05
މުވައްޒަފުންނަށް ފްލެޓެއް ނުބަހަން، ދައުރުވަނީ ސައްހަ ނޫން ލިސްޓެއް: އާބަންކޯ

މުވައްޒަފުންނަށް ފްލެޓް ނުބަހާ ކަމަށާއި ދައުރުވަނީ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން އާބަންކޯގެ މުވައްޒަފުންނަށް ޔުނިޓް ވިއްކަން ހުޅުވާލުމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ނެރިފައިވާ މެމޯއާ ގުޅޭގޮތުން އާބަންކޯއިން ބުނީ، މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލެވިފައިވާ ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރަމުންދާ ހަތަރު މަޝްރޫއަކުން އެ ކޯޕަރޭޝަނަށް މަޝްރޫ ހިންގުމަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ޔުނިޓުތަކެއް ކަމަށެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދެވުނު ސްޓާފް ހައުސިން ސްކީމްގެ ދަށުން 'އެންޑް ޔޫސަރ ފައިނޭންސް މޮޑެލް'ގެ ދަށުން އެ ޔުނިޓްތައް ވިއްކުމަށް ހުޅުވާލެވިފައިވާ ކަމަށާއި ނަމަވެސް ޔުނިޓްތަކަށް އެދި ކުރިމަތިލި ފަރާތްތަކަށް ފުރުސަތުދީ ނިމުނު އިރު ބައެއް ޔުނިޓްތައް ނުވިކި ހުރި ކަމަށް އާބަންކީއިން ބުންޏެވެ.

އެގޮތުން ބައެއް މުވައްޒަފުން ޔުނިޓްތައް ދޫކޮށްލާފައިވާތީ އާއި ބައެއް މުވައްޒަފުންގެ ޝަރުތު ހަމަ ނުވާތީ، 34 ޔުނިޓެއް ބާކީވި ކަމަށް އާބަންކޯއިން ބުންޏެވެ.

މިދިޔަ އަހަރު ހިންގުނު ސްޓާފް ހައުސިންގް ސްކީމަށް ހުޅުވާލިފަހުން އަހަރެއް ވުމާއެކު އެ ސްކީމުގެ ދަށުން ފުރުސަތު ނުލިބޭ މުވައްޒަފުން ތިބިކަން ފާހަގަވެ، މުވައްޒަފުންނަށް އާ ފުރުސަތެއް ދިނުމާއެކު އެ ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ މަޝްރޫތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ، އެ 34 ޔުނިޓް ވިއްކަން އަލުން ހުޅުވާލީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ 34 ޔުނިޓް ގަތުމަށް ޝަރުތުތަމަވާ 800 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށާއި ވަކި އުސޫލެއްގެ ދަށުން އެ ޔުނިޓްތައް ވިއްކުމަށް ކަނޑައަޅައި، ޕޯޓަލްއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް އާބަންކޯއިން މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން އާއްމުންނަށް އޮޅުން އަރާފަދަ ގޮތަކަށް ސޯޝަލް މީޑިޔާގައި ހަބަރު ފެތުރެމުންދާތީ އެކަމާ ގުޅިގެން އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގާއެކު، އެ ކޯޕަރޭޝަނުގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ ކާކުކަން ނޭނގޭ އެކައުުންޓަކުން އަމިއްލައަށް ތައްޔާރު ކޮށް ދައުރު ކުރަމުންދާ ލިސްޓުތަކަކީ ސައްހަ ނޫން ލިސްޓެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.