ވެމްކޯގެ މަސައްކަތްތެރިން ކުނި ނެގުމުގެ މަސައްކަތުގައި/ ފޮޓޯ: އަވަސް
ހަބަރު
22 Apr 2023 | 16:21
މި ރޯދަމަހު ގެތަކުން ކުނި އުކާލި މިންވަރު 31% އިތުރު: ވެމްކޯ

މި ރަމަޟާން މަހު މާލެ ސަރަޙައްދުގެ ގެތަކުން ކުނި އުކާލި މިންވަރު %31 އިތުރުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނީ އެހެން އަަހަރުތަކުގެ ރަމަޟާންމަހާ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހު ވެސް ކުނި ނަގާ މިންވަރު އިތުރުކަމަށެވެ.

އެގޮތުން އެހެން މަސްތަކާ ޚިލާފަށް މި ރޯދަމަހު ކުނި ނެގި މިންވަރު 31 އިންސައްތަ އިތުރުވެފައިވާކަމަށެވެ. މި ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި 919 ޓަނުގެ ކުނި ނެގިނަމަވެސް އެއަދަދު 32 އިންސައްތައަށް އިތުރުވެ ގޭބިސީތަކުން ނަގާ ކުނީގެ ޢަދަދު ފަހުން 1215 ޓަނަށް އިތުރުވިކަމަށް ވެމްކޯއިން ބުނެއެވެ.

މި ރަމަޟާން މަހަކީ ކުނި ވަކިކޮށްގެން އުކާލަން ފެށިފަހުން އައިފުރަތަމަ ރަމަޟާން މަހެވެ.

ވެމްކޯއިން ހާމަކުރި ގޮތުގައި ކުނި ވަކިކޮށްގެން އުކާލާ މީހުންގެ އަދަދު އިތުރުވެފައިވަނީ %10 އިން %20 އަށެވެ. ކޮންމެ ރޯދަމަހަކީ ވެސް އާއްމުގޮތެއްގައި ބަދިގޭގައި އުފައްދާ ކުނި އިތުރު މަހެކެވެ.

އެހެންކަމުން ކޮންމެ ދުވަހަކު އުފައްދާ ކުނި މަދުކުރުމަށް ސަމާލުވުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތިން ދުރުހެލިވުމަކީ މުހިއްމުކަމެކެވެ.

ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތްތައް 3 ގޮތަކަށް އަންނަނީ ދެމުންއެވެ. އެއީ ގޭގެއަށް ގޮސްގެން ކުނި އުކާލުމުގެ ޚިދުމަތާއި، ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސެންޓަރުން ކުނި ކަލެކްޓްކުރުމުގެ ޚިދުމަތުގެ އިތުރުން ގޭގެއިން ގަނޑުކޮށް ކުނި އުކާލަދިނުމުގެ (ކެޕްސް) ޚިދުމަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.