އާރުޑީސީ ރާބަދި ޗެލެންޖް 2023 ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ކުޅިވަރު
22 Apr 2023 | 17:00
ކުލަގަދަ ރަސްމިއްޔާތަކާއި އެކު އާރުޑީސީ ރާބަދި ޗެލެންޖް 2023 ގެ ގުރުނެގުން ބާއްވައިފި!

ކުލަގަދަ ރަސްމިއްޔާތަކާއި އެކު އާރުޑީސީ ރާބަދި ޗެލެންޖް 2023 ގެ ގުރުނެގުމުގެ ބާއްވައިފި އެވެ.

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖުގައި މިއަހަރު 14 ޓީމެއް ބައިވެރިވެފައިވެއެވެ.

ޖަމްޢިއްޔަތުއް ޞަލާޙުގެ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ހާއްސަ މެހެމާނުންގެ ގޮތުގައި އަރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ ވަނީ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން ހިންގަމުންދާ އިޖްތިމާއި ހަރަކާތްތައް ފާހަގަކުރައްވާ އެ ޖަމްއިއްޔާގެ ހިންގުންތެރިކަމަށް ތައުރީފު ކުރައްވާފަ އެވެ. އަދި އަންނަ އަހަރުގެ މުބާރާތް ވެސް އެކުންފުނީގެ ފަރާތުން ސްޕޮންސަރ ކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ ރާބަދި ޗެލެންޖް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ.

ގުރޫޕް އެކެއް އަދި ދޭއްގެ އެއްވަނަ އަދި ދެވަނަ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު ގްރޫޕް ތިނެއް އަދި ހަތަރަކުން ކުއާޓާގެ ފުރުސަތު ލިބޭނީ ގްރޫޕްގެ އެއްވަނަ ޓީމަށެވެ. އަދި ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބޭނީ ގްރޫޕް ތިނެއް އަދި ހަތަރެއްގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމުގެ މެދުގައި ޕްލޭއޮފް ދެމެޗު ކުޅުމަށްފަހު އެ ދެމެޗުން މޮޅުވާ ދެޓީމަށެވެ.

2023 މެއި 07-16 އަށް މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތައް ކުރިއަށްދާއިރު، ކޮންމެ ރެއަކުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެއި 17 ވަނަ ދުވަހު ގްރޫޕް ތިނެއް އަދި ހަތަރެއްގެ ޕްލޭއޮފް ދެމެޗު ކުޅޭއިރު، މެއި 18 އަދި 19 ވަނަ ދުވަހު މުބާރާތުގެ ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ދެމެޗް މެއި 20 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ފައިނަލް މެޗު އޮންނާނީ މެއި 22 ވަނަ ދުވަހުގެރޭ އެވެ.  

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އަދި އެ މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސް އެވެ. އަދި އެކި ސަބަބުތަކާ ހުރެ 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު މިދިޔައަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓަފައެވެ. އަދި މިއަހަރުގެ މުބާރުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.