ސަދަން ސްޕޯޓްސް ކަލްބުން އިންތިޒާމު ކުރި ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ/ ފޮޓޯ: ސަދަން ސްޕޯޓްސް ކްލަބް
ކުޅިވަރު
22 Apr 2023 | 20:10
ސަދަން ސްޕޯޓްސް ކްލަބުގެ އަންހެން ވޮލީބޯޅަ މުބާރާތް އައްޑޫގައި ފަށައިފި

މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބާއާއި ގުޅިގެން ދަ ސަދަން ސްޕޯޓްސް ކްލަބުގެ ފަރާތުން އައްޑޫ ސިޓީގައި ބާއްވާ އަންހެން ވޮލީބޯޅަ މުބާރާތް ފަށައިފި އެވެ. 

އޭޕްރިލް 21 އިން 29 އަށް ކުރިއަށްދާ މި މުބާރާތުގައި 4 ޓީމުން ވަނީ ބައިވެރި ވެފައެވެ. އެއީ އައްޑޫ ސިޓީ މަރަދޫއިން އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) އާއި، މީދޫ ވޮލީ ޓީމުގެ އިތުރުން މީދުގެ ދެ ޓީމެއް ކަމަށްވާ ވޯރިއާސް އާއި ޕުޝްޕާ އެވެ. 

އިއްޔަ ފެށިގެން ދިޔަ މި މުބާރާތުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ މީދޫ ވޮލީ ޓީމާއި، ފޭދޫ ޓީމު ޕުޝްޕާ އެވެ. އެ މެޗު 3 ސެޓު 2 ސެޓުން ކާމިޔާބު ކޮށްފައިވަނީ މީދޫ ޓީމެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ޓީމުގެ ޖާޒީ ނަންބަރު 10 އެއް އާމިނަތު ނަވާއިމް އެވެ. 

ސަދަން ސްޕޯޓްސް ކްލަބުގެ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފަ އެވެ. އަދި ދެވަނައަށް ދާ ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފަ އެވެ. 

ސަދަން ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އިކުއިޓީރިއަލް ޑައިވާސް ލޮޖް އެވެ. 

މި މުބާރާތުގެ މެޗެއް މިރޭ ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭގެ މެޗުގައި ބައްދަލުކުރާނީ މަރަދޫ ފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތު ޓީމާއި ވޯރިއާސް އެވެ. މިރޭގެ މެޗަކީވެސް ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.