އަންހެން މީހާއަށް އަނިޔާ ކުރި ފިރިހެން
ހަބަރު
22 Apr 2023 | 22:35
ލޯބިވެރިޔާއަށް އަނިޔާ ކުރި މަޑަވެލި މީހާ ދޫކޮށްލައިފި

މިދިޔަ މަހު އަންހެން މީހަކަށް އަނިޔާކޮށްގެން ހައްޔަރު ކުރި ގދ. މަޑަވެލި ފިރިހެން މީހާ ގޭ ބަންދުން ވީއްލައި ދޫކޮށްލައިފިއެވެ.

މާރިޗް މަހު 21 ވަނަ ދުވަހު މަޑަވެލީގައި އަންހެން މީހަކަށް އަނިޔާ ކުރުމުގެ ސަބަބުން ހައްޔަރު ކުރި ފިރިހެން މީހާއަށް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައެވެ.

އިއްޔެ ބަންދުގެ މުއްދަތު ރިވިއު ކުރަން ކޯޓަށް ގެންދިޔުމުން ދޫކޮށްލި ނަމަވެސް އޭނާ ދޫކޮށްލި ސަބަބެއް ސާފެއް ނޫނެވެ.

މިދިޔަ މަހު ސޯސަލް މީޑިއާގައި އާންމު ވި ވީޑިއޯތަކެއްގައި އެ ފިރިހެން މީހާގެ ލޯބިވެރިޔާ ކަމަށްވާ އަންހެން މީހަކު މަޑަވެލީގައި މަގުމަތީ ދަމާފައި ގެންދާތަން ފެނިގެން ދެއެވެ. އަދި ދަމާފައި ގެންދިޔައިރު ފިރިހެން މީހާ އަންހެން މީހާއަށް އަނިޔާކޮށް ފަޔާއި އަތުން ޖަހާތަން ވެސް ވީޑިއޯއިން ފެނިގެން ދިޔައެވެ. އަންހެން މީހާ އެދުވަހު ސަލާމަތް ކޮށްފައިވަނީ އެ ސަރަހައްދަށް ދިޔަ ފިރިހެން މީހެކެވެ.

ވީޑިއޯއިން ފެނިގެން ދިޔަ މަޑަވެލި ފިރިހެން މީހާއަށް އުމުރުން 34 އަހަރު ވެފައިވާއިރު އަންހެން މީހާއަކީ ރ. އަތޮޅަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ