އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތެރެއިިން
ކުޅިވަރު
23 Apr 2023 | 19:53
އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިންތިޒާމުކޮށްގެން ބާއްވާ، މި އަހަރުގެ އިންޓަ ރިސޯޓް ވޮލީ ބޯޅަ ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް އެކުލެވިގެން ވަނީ ދެ މުބާރާތެއްގެ މައްޗަށެވެ. އެއީ އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންޝިޕާއި، ރިސޯޓް ވޮލީ ބޯޅާ ޗެމްޕިއަންޝިޕް އެވެ.

ޒޯން ޗެމްޕިއަންޝިޕްގައި ވާާދަކުރާ ޓީމުތައް ޒޯންތަކަށް ބެހުމުގައި ބަލާނީ އެ ރިސޯޓެއް ހިމެނޭ ސަރަހައްދަކަށެވެ. މިގޮތުން ޒޯން ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ދާނީ ކޮންމެ ޒޯނެއް ވަކިން ކުޅެ، ޗެމްޕިއަން ޓީމު ހޮވާ ގޮތަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިންނެވެ. އަދި ބައިވެރިވާ ޓީމުތަކުން، ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މެއި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ.

ވީއޭއެމް އިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ އެހެން އަހަރުތަކަށް ވުރެ ވާދަވެރި އަދި ފޯރި ގަދަ މުބާރާތަކަށް ވާނެ އެވެ. ހަމައެއާއެކު މުބާރާތަށް ޓީމުތަކުން ދުރާލައި، ފޯރީގައި ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ. މިއަހަރުގެ މުބާރާތުގައި ހޮވާ މަގާމުތަކުގެ ތެރޭގައި ޗެމްޕިއަން ޓީމު، ރަނަރަޕް ޓީމު، ތިން ވަނަ ޓީމު (ފަސް ޓީމު ނުވަތަ އެއަށްވުރެ ގިނަ ޓީމު ހިމެނޭ ނަމަ)، ކޮންމެ ޒޯނެއްގެ ޑްރީމް ޓީމު، އެންމެ މޮޅު ކޯޗު އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހިމެނެ އެވެ.

އަދި މުބާރާތް ހޯސްޓު ކުރުމަށް ޝައުޤުވެރިވާ ރިސޯޓުތަކުން އެކަމަށް އެދި ވީއޭއެމަށް ހުށަހަޅަން ޖެހޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.