ބިންލައިނަރ ނުވަތަ ކުނިއުކުމަށް ޚާއްސަ ކޮތަޅު. ފޮޓޯ: ސަން
ހަބަރު
23 Apr 2023 | 21:15
ވެމްކޯއިން ކުނި މެނޭޖްކުރުމަށް ކޮތަޅު ދޫކުރަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ކޮތަޅު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިކަމާއި ގުޅިގެން ކޮށްފައިވާ އިއްލާނެއްގައި ބުނެފައިވަނީ ކުނި މެނޭޖްކުރުމަށް ބޭނުންކުރާ 3 ސައިޒެއްގެ ކޮތަޅެއް އެކުންފުނިން ވިއްކާނެ ކަމަށާއި، 27 އޭޕްރީލުން ފެށިގެން ވެމްކޯއިން ކަޅު ކުލަޔާއި ފެހި ކުލަ ހިމެނޭހެން ތިނަ ސައިޒެއްގެ ކޮތަޅު ވިއްކާނެއެވެ. އެގޮތުން 17.11، 27.18 އަދި 48.36 މި ތިން ސައިޒުގެ ކޮތަޅު ވިއްކުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯއިން ބުނެފައިވެއެވެ. 

އަދި ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅުކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ބުނެފައިވެއެވެ. 

ވެމްކޯއިން އިލްތިމާސް ކޮށްފައިވަނީ ވެމްކޯއިން ވިއްކާ ކޮތަޅު ހަމައެކަނި ކުނި އުކުމަށް ޙަާއްސަކޮށް ބޭނުންކުރުމަށެވެ. ކުނި އުކުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅު ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީސްތަކުން ލިބޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ މިކަމަކީ 18 އޭްޕްރީލް އިން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 2ރފ ނަނގާގޮތައް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖްކުރުމުގެ ޚިދްމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަ ކޮށް ވިއްކާ "ބިންލައިނަރ" އަށް ފީއެއް ނެގުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. 

ވެމްކޯއިން ބިންލައިނަރ ނުވަތަ ކުނި އެޅުމަށް ޚާއްސަ ކޮތަޅު ވިއްކަން ނިންމީ ކަސްޓަމަރުންނަށް ފަސޭހަ ކަމާއި އެކު ކުނި އުކުމަށް ކޮތަޅު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.