އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ
ކުޅިވަރު
24 Apr 2023 | 02:25
އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީގެ ކުރިމަތިލުމެއް!

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް، އިގިރޭސި އެފްއޭ ކަޕްގެ މިއަހަރުގެ ފައިނަލްގައި މެންޗެސްޓާގެ ދެ ކްލަބު ކަމަށްވާ ޔުނައިޓެޑާއި ސިޓީ ވާދަކުރަންޖެހިއްޖެއެވެ.

ރޭކުޅެވުނު އެފްއޭ ކަޕްގެ ސެމީފައިނަލުގެ ފުރަތަަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ މެންޗެސްޓާ ސިޓީ ހޯދިއިރު، މިރޭ ކުޅެވުނު ސެމީފައިނަލްގެ ދެވަަނަ މެޗުގައި ބްރައިޓަން އާއި ވާދަކޮށް ޕެނަލްޓީޖަހައިގެން ފައިނަލުގައި ދެވަަނަ ޖާގަ މެންޗެސްޓާ ޔުނައިޓެޑު ވަނީ ކަށަވަރުކޮށްފައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބްރައިޓަންގެ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާ އަށާއި އެޓީމުގެ ޕެރަގުއޭ ފޯވާޑް ޖޫލިއޯ އެންސިސޯ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިފައެވެ.

ފުރަތަަމަ ހާފުގައި އެންމެ ފަހު މިނެޓްގައި މެންޗެސްޓާގެ ޕޯޗުގަލް މިޑްފީލްޑަރު ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ބްރެޒިލްގެ މިޑްފީލްޑަރު ކަސަމީރޯއަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ކަސަމީރޯ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ބްރައިޓަން ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވަނީ ދިފާއުކޮށްފައެވެ.

ދެވަަނަ ހާފްގައި ވެސް ބްރައިޓަން ގެ ޖޫލިއޯ އެންސިސޯ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ މެންޗެސްޓާގެ ކީއްޕަރު ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލިއިރު، އެ ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ވެލްބެކް ބޮލުން ފޮނުވާލުމުން ގޯލް ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވިއިރު، ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވުމުން މެޗުގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފު ކުޅެގެން ވެސް ނަތީއްޖައެއް ނުނެރެވުން، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި މެންޗެސްޓާ ޔުނައިޓެޑް ކުރި ހޯދީ 7-6 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން ފޮނުވާލި 7 ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު ބްރައިޓަން ގެ 7 ވަނަ ޕެނަލްޓީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު މާޗު ފޮނުވާލުމުން ގޯލާ އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ރޭ 19:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.