މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
25 Apr 2023 | 12:21
"ކޮތަޅު ބޮނޑީގެ ފީ އިސްތިސްނާ ކުރާ މާއްދާ އުނިކުރަން ސަރުކާރުން މީގެ ކުރިން ދެކޮޅެއް ނުހަދާ"

ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ހިމެނުނު ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާ ކުރާ މާއްދާ އުނި ކުރުމާއިމެދު މީގެ ކުރިން ސަރުކާރުން ދެކޮޅު ހަދާފައި ނުވާ ކަމަށް މަޖިލީހުގެ ކޮމިޓީން ދެކޭ ކަމަށާ، އެކަން ކޮމިޓީގެ ޔައުމިއްޔާއިންވެސް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ލަތީފް ވަނީ ކޮތަޅު މައްސަލާގައި ރައްޔިތުންނަށް ތަކްލީފްތައް ޖެހި، ކޮތަޅު ބޮނޑީގެ އަގު އިންތިހާއަށް މަތިވީ، ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާ ކުރާ މާއްދާ މަޖިލީހުން އުނި ކުރުމުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވާކަން ފާހަގަކުރައްވައި، އެކަން އިތުރަށް ތަފްސީލް ކޮށްދެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އަރިހުން އެދިލައްވާފައެވެ. 

ޔާސިރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ، ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ އިސްލާހު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިރު، ޕްލާސްޓިކް ކޮތަޅުން ނެގޭ ފީ، އިސްތިސްނާވާ ހާލަތްތަކެއް ހިމަނާފައިވާ ކަމަށެވެ. 

އެ ހާލަތް ތަކުގެ ތެރޭގައި, 50 ކޮތަޅު، އަދި 50 ކޮތަޅަށްވުރެ ގިނައިން ހޯލްސޭލްކޮށް ވިއްކާ ފަރާތްތަކުން، މި ފީ ވާނީ އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ހިމަނާފައި. އެއާއި އެކީގައި، ހަނޑޫ، ހަކުރު، ފުށް ގަންނަ ފަރާތްތަކުން، އެ ގަންނަ ކޮތަޅުތަކަށްވެސް އިސްތިސްނާ ހާލަތްތައް ވާނީ ހިމަނާފައި. 

މިނިސްޓަރު އާމިނަތު ޝައުނާ 

ޝައުނާގެ ވާހަކަ އާއި ގުޅިގެން، ރައީސް ނަޝީދު ވަނީ މެންބަރުގެ ސުވާލަށް ސީދާ ޖަވާބު ދެއްވައި، އިސްތިސްނާ މާއްދާ އުނި ކުރީ ހަމައެކަނި މަޖިލީހުންތޯ ސާފު ކޮށްދެއްވުމަށް އެދިލައްވާފައެވެ. 

އެ އިސްތިސްނާ އުނިކުރީ ހަމައެކަނި މަޖިލީހުންތޯ؟ މި މަޖިލީހަށް ފެންނަ ފެނުމުގައި، އޭގައި ސަރުކާރުން އެއްވެސް، އެއްވެސް އިރެއްގައި، އެ އިސްތިސްނާ އުނި ކުރުމާއި ގުޅޭގޮތުން އިންކާރު ކޮށްފައެއް ނުވޭ. އަދި ވާގި ދީފައި، ހިތްވަރު ދީފައި ވާކަމަށް، މި މަޖިލީހުގެ ކޮމިޓީއަށް ފެންނަ ކަމަށް ކޮމިޓީގެ ޔައުމިއްޔާއިން ފެންނަނީ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދަށް ރައްދު ދެއްވައި ޝައުނާ ވަނީ، ކޮމިޓީގެ ޔައުމިއްޔާ އާއި ކޮމިޓީ ރިޕޯޓް ވެސް އޭނާ ކިޔާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، އެ ކިޔުމުންވެސް، އިސްތިސްނާވާ މާއްދާ، މަޖިލީހުން އުނިކުރަން ނިންމި ނިންމުން ދިފާއު ކުރަން ދެއްކޭނެ ބަހަނާއެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝައުނާގެ ވާހަކަ ތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ކޮމިޓީގެ ޔައުމިއްޔާ އިއްޔެގެ މަޖިލީހުގައި ވެސް އިއްވާފައިވާ ކަމަށާ، އަދި އެ މާއްދާ އުނި ކުރި ސަބަބު ވަރަށް ދިގުކޮށް، އެ ކޮމިޓީން ކިޔައި ދީފައިވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.