ފެނަކް ކޯޕަރޭޝަންގެ އެމްޑީ ސައީދު/ ފޮޓޯ: ފެނަކަ
ހަބަރު
25 Apr 2023 | 22:42
ވިޔަފާރިއަކަށް ފެނައިން ނުދައްކާ އޮތް 11.8 މިލިއަން 1 މަސްތެރޭ ދައްކަން ހުކުމްކޮށްފި!

ސަރުކާރުގެ ފެން ކުންފުނި ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ހޯދުމަށްފަހު އެކި ވިޔަފާރިތަކަށް ނުދައްކާ އޮތް 11.8 މިލިއަން ރުފިޔާ އެއް މަސްތެރޭ ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން އަމަުރުކޮށްފި އެވެ. 

ސިވިލް ކޯޓުން އެފަދައިން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިކުއިވީ އިންވެސްޓްމަންޓު މަނަކަށް ކިޔާ ކުންފުންޏަކުން ފެނަކައިގެ މައްޗަށް ކުރި ދައުވާއާއި ގުޅިގެން ހިންގި ޝަރީއަތުގައެވެ. 

އެ ކުންފުނިން ދައުވާކުރީ އެ ދެ ކުންފުނީގެ ދެމެދުގައި ކުރެވިފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ ފަސް ބިލަކަށްވާ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 18.3 މިލިއަން ރުފިޔާ ހޯދާށެވެ.

އެއީ ފުރަތަމަ ބިލަށްވާ 4،829،376ރ. އާއި ދެވަނަ ބިލަށްވާ 58،300ރ. އާއި އިތުރު ތިން ބިލަށް، ކޮންމެ ބިލަކަށްވާ 2،738،573ރ. އާއެކު، ފަސް ބިލުގެ ޖުމްލަ 13،103،397ރ. އާއި އެ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައުވާކުރި މުއްދަތާ ހަމައަށް އަރާފައިވާ 5،291،614ރ. އާއެކު ޖުމްލަ 18،395،012 ރުފިޔާ އެވެ.

އެ ދައުވާއަށް ރައްދު ދިނުމުގެ މުއްދަތު ހަމަވިފަހުން ފެނަކައިން ވަނީ އެ ކުންފުންޏަށް އިކުއިވީއިން ހޯދަން އެދިފައިވާ ފަސް ބިލަށްވާ 11،853،397ރ ނުދައްކާ އޮތްކަމަށް އިއުތިރާފު ވެފައެވެ.

އޭގެ އިތުރުން ފެނަކައިން ވަނީ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން އަރާފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް އިންކާރުކޮށްފަ އެވެ.

ފެނަކައިން އެދުނީ ފަސް ބިލަށް ވާ ފައިސާ ފަސް މަހަށް ބަހާލައިގެން ދެއްކޭނެ ގޮތަށް ނިންމައި ދިނުމަށެވެ. 

ފެނަކައިގެ އެ ފޯމާ ގުޅިގެން އިކުއިވީގެ ފަރާތުންވެސް ވަނީ ފެނަކައިން އެ ބިލުތަކަށް ނުދައްކާ އޮތީ 11،853،397ރ. ކަމަށް ބުނެފަ އެވެ. އެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވުމުން ބޮޑު ގެއްލުމެއް ވެފައިވާތީ އިކުއިވީގެ ފަރާތުން ކޯޓުގައި އެދުނީ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ނަގައިދިނުމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި އިންސާފުވެރި އަދަދެއް ނަގައިދިނުމަށް ވެސް އެ ކުންފުނިން އެދުނެވެ. 

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ކޯޓުން ނިންމީ މަދަނީ އިޖުރާތުގެ ގާނޫނަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ އިކުއިވީގެ ފަރާތުން އެދިފައިވާ ގޮތަށް ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

އެހެން ނަމަވެސް ފެނަކައިން އިކުއިވީ އިންވެސްޓްމަންޓަށް ދައްކަންޖެހޭ 11،853،397 ރުފިޔާ އަކީ ނުދައްކާ އޮތް ފައިސާ ކަމަށް ފެނަކައިގެ އިއުތިރާފުން ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. 

ކޯޓުން އެފަދައިން ހުކުމްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް