ޓީމު ނޮދަންސް
ކުޅިވަރު
25 Apr 2023 | 14:24
ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮދަންސް ސެމީއަށް!

މަޑުއްވަރީ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ފުރަތަަމަ ޑިވިޝަނުގައި 7-2 ގެ ނަތީޖާއަކުން އެފްސީ ވަން ރައުންޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮދަންސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. 

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އެފްސީ ވަން ރައުންޑް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަަމަ ހާފުގެ 7 ވަނަ މިނެޓުގައި އަބްދުﷲ ރިމާހް އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ނޮދަންސް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާއިސް މުހައްމަދު އެވެ.

މިމެޗުގައި ފުރަތަަމަ ފަހަރަށް ނޮދަންސް އަށް ލީޑު ނަގައިދިނީ ސަރާއު ހަމީދެވެ. ގާތްގާތުގައި ސަރާއު ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-1 ގެ ނަތީޖާއަކުން ނޮދަންސް ކުރީގައި އޮއްވައި އެފްސީ ވަން ރައުންޑް އަށް ފަރަގު ކުޑަކޮށްދިނީ އަބްދުﷲ ރިމާހް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ނޮދާންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނޮދަންސް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. މިހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ހަސަން މާއިލް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މިހާފުގައި އެޓީމުން ކާމިޔާބުކުރި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ރަފްހާން އެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ނޮދަންސް ގެ ހަސަން މާއިލް އެވެ. އަދި މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނޮދާންސް އަށް ތިން މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ގްރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ފަސް ގޯލާއި އެކުގައެވެ. މި ގުރޫޕްގެ ދެވަނަ ލިބުނީ ޕެންތާސް އަށެވެ. އެޓީމަށް 6 ޕޮއިންޓާއެކު ފައިދާ ހަތަރު ގޯލު ލިބުނުއިރު، ގްރޫޕްގެ ތިންވަނަ ލިބުނު ބީބީ ނިއު ޖެނެރޭޝަން އަށް 6 ޕޮއިންޓާއެކު ލިބިފައިވަނީ ފައިދާ ތިން ގޯލެވެ. އަދި މި ގުރޫޕްގެ ފުލަށް ދިޔައީ ކުޅުނު ތިން މެޗުން ވެސް ބަލިވި އެފްސީ ވަން ރައުންޑް އެވެ.

ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި މާދަމާ ނޮދަންސް ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ސްޕާޓަންސް އާއި ދެކޮޅަށެވެ. އަދި މާދަމާ ރޭ ކުޅޭ ސެމީގެ ދެވަަނަ މެޗުގައި ޕެންތާސް ސްޕޯޓްސް ކްލަބް ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ވާލު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

1444 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ އުރުދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ވޮއިސް އެވެ. މިމުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވު ކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް 28 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.