ވާލު ސްޕޯޓްސް ކްލަބް
ކުޅިވަރު
25 Apr 2023 | 15:04
ގުރޫޕް ބީގެ އެއްވަނަ ވާލު ސްޕޯޓްސް ކްލަބަށް!

މަޑުއްވަރީ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ފުރަތަަމަ ޑިވިޝަނުގެ ގުރޫޕް ބީގައި ރޭ ކުޅެވުނު މެޗު 6-1 ގެ ނަތީޖާއަކުން ބަދަވިއަން ސްޕޯޓްސް ކްލަބް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވާލު ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. 

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ވާލު ސްޕޯޓްސް ކްލަބުން ތިން ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ފުރަތަަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ނަޖާހު މުހައްމަދު އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން އިރުފާހް އެވެ.

ދެވަަނަ ހާފު ކުޅުން ފަށައިގެން ތިންވަނަ މިނެޓުގައި ބަދަވިއަން ސްޕޯޓްސް ކްލަބުގެ ހުސެއިން ރަމީލް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ވާލު ސްޕޯޓްސް ކްލަބުގެ އަލީ ރިފާއު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީގު ފުޅާކޮށްދީފައެވެ. މި މެޗުގައި ވާލުން ކާމިޔާބު ކުރި ފަސް ވަނަ ލަނޑު އަހުމަދު އިރުޝާދު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް އެވެ.

ރޭގެ މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވާލު ސްޕޯޓްސް ކްލަބުގެ ފުރަތަަމަ ދެ ލަނޑު ކާމިޔާބުކޮށްދިން ނަޖާހު މުހައްމަދު އެވެ. 

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ގުރޫޕް ބީގެ އެއްވަނަ ވާލު ސްޕޯޓްސް ކްލަބަށް ލިބުނީ ފައިދާ ފަސް ގޯލާއެކުގައެވެ. މި ގުރޫޕްގެ ދެވަނަ ލިބުނު ސްޕާޓަންސް އަށް ވެސް ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ލިބިފައިވަނީ ފައިދާ ދެ ގޯލެވެ.

ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި މާދަމާރޭ ނޮދަންސް ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ސްޕާޓަންސް އާއި ދެކޮޅަށެވެ. އަދި މާދަމާ ރޭ ކުޅޭ ސެމީގެ ދެވަަނަ މެޗުގައި ޕެންތާސް ސްޕޯޓްސް ކްލަބް ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ވާލު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

1444 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ އުރުދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ވޮއިސް އެވެ. މިމުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވު ކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް 28 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.