ސެވަން އެޓޭކާސް
ކުޅިވަރު
25 Apr 2023 | 19:14
ތަފާތުބޮޑު ނަތީޖާއަކުން ސްޕާޓަންސް ބަލިކޮށް ސެވަން އެޓޭކާސް ފައިނަލަށް!

މަޑުއްވަރީ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ އަންހެން ޑިވިޝަނު ލީގު ބުރުގެ ފަހު މެޗުގައި ރޭ 14-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްޕާޓަންސް ބަލިކޮށް ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެވަން އެޓޭކާސް މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ސެވަން އެޓޭކާސް އިން 8 ލަނޑު ކާމިޔާބުކުރި އިރު، ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު 5 ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ސެވަން އެޓޭކާސްގެ ފާތިމަތު މިއުސާ 11 ލަނޑުޖެހިއިރު އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް އަރުޝީ، ފާތިމަތު ނުސްރާ އަދި އައިޝަތު ނައުމާއެވެ.

މިމެޗުގައި ސްޕާޓަންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އައިޝަތު އަހުލާމް އާއި  އާމިނަތު ޝާއިރާ އެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސެވަން އެޓޭކާސްގެ ފާތިމަތު މިއުސާ އެވެ.

ތިން ޓީމު ބައިވެރިވި މި މުބާރާތުގެ މެޗުތައް ލީގު އުސޫލުން ކުރިއަށް ގެންދިޔަ އިރު، ކޮންމެ ޓީމެއް ވެސް ވަނީ ދެ މެޗު ކުޅެފައެވެ. ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ސެވަން އެޓޭކާސް ލީގު ބުރުގެ އެއްވަނަ ހޯދި އިރު ދެވަނަ ލިބުނީ ތިން ޕޮއިންޓާއެކު ޓީމު ރާޅު އަށެވެ.

1444 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ އުރުދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ވޮއިސް އެވެ. މިމުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވު ކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް 28 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.