އައްސޭރި އަށް ލެއްގި ބައެއް ހަށިތައް
ހަބަރު
25 Apr 2023 | 23:12
ދެބޯއްޓެއް ބަންޑުން ޖަހާލާ، ލީބިޔާގެ އައްސޭރިފަށަށް ހަށިތައް ލައްގަނީ

ރެފިޔުޖީން ގޮވައިގެން ދަތުރު ކުރަމުންދިޔަ ދެ ބޯއްޓެއް ބަންޑުން ޖަހާލައި އެތައް ބައެއްގެ މަރުވެފައިވާ ހަށިތައް ލީބިޔާގެ އެކި އަވަށްތަކުގެ އައްސޭރިފަށަށް ލައްގަމުން ދާ ކަމަށް އަލްޖަޒީ އިން ބުނެފިއެވެ. 

މި ބޯޓު ތަކުގައި ދަތުރު ކުރި ރެފިޔުޖީންގެ ތެރޭގައި ހިމެނެނީ ޕާކިސްޠާން، ސީރިޔާ، ޓިޔުނީޝިއާ އަދި މިޞްރުގެ ރައްޔިތުންނެވެ. 

މެޑިޓޭރިޔަންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި މި ދެބޯޓު ބަންޑުން ޖަހާލައިގެން މިހާތަނަށް 57 ހަށިގަނޑެއް ލީބިޔާ އަށް ލައްވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ބަންޑުން ޖަހާލި ބޯއްޓުން ސަލާމަތްވި މީހަކު ބުނެފައިވަނީ އޭނާ ދަރުރު ކުރި ބޯޓުން 80 މީހަކު ދަތުރު ފެށިކަމަށެވެ. 

ގަރަބުއްލީ އޭ ކިޔާ ސަރަހައްދަށް ކުޑަ ކުއްޖެއްގެ ހަށިގަނޑު ހިމެނޭހެން 11 ހަށިގަނޑެއް ލައްވެފައިވާކަމަށް ކޯސްޓް ގާޑް އޮފިސަރު ފާތިޙް އަލް ޒަޔާނީ ބުނެފައިވެއެވެ. އަދި ސަބްރަތާ އޭ ކިޔުނު ސަރަހައްދަށް 46 ހަށިގަނޑެއް ލައްގާފައިވާ ކަމަށް ރެޑް ކްރޮސެންޓުން ބުނެފައިވެއެވެ.

އަދި މިގޮތައް ލައްގަމުން އަންނަ ހަށިތައް ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކުރެވެމުން ދާކަމަށް ލީބިޔާ އިން ވަނީ ބުނެފައެވެ. އެހީދޭ ޖަމިއްޔާތަކުގެ މަސައްކަތް ތެރިން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި މިގޮތައް ލައްގާ ހަށިތައް އިތުރުވަމުން ދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. 

އިންޓާނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނެފައިވަނީ މިއަހަރު ފެށުނިއްސުރެ މިމަހުގެ މިހާތަނަށް 441 ރެފިޔުޖީ އަކު މިގޮތަށް ކަނޑުވެގެން މަރުވެފައި ވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.