ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
26 Apr 2023 | 11:14
އެމްޓީސީސީއަށް ލޯޑު ބޮޑުވާ ވަރަށް މިހާރުވެސް ވަނީ މަސައްކަތް ޙަވާލުކޮށްފަ: އަސްލަމް

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އޯވާލޯޑް ވާ ވަރަށް މިހާރުވެސް އެކި މަޝްރޫއުތައް ހަވާލުކުރެވިފައި ވާ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމަނިކުފާނު ހާޒިރުކޮށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

މެމްބަރު ވަހީދުގެ ސުވާލުގައި ވަނީ މިނިސްޓްރީން މަޝްރޫއުތައް ހިންގަނީ ބަޖެޓުކުރެވޭ ތަރުތީބުންތޯ އައްސަވާފަ އެވެ. އަދި މަޝްރޫއުތައް ހިންގެވުމުގައި ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ކުޑަ ބޮޑުމިނަށް ބައްލަވަނީ ކިހާ މިންވަރަކަށް ތޯ ސާފުކޮށްދެއްވުމަށް މެމްބަރު އެދިވަޑައިގެންނެވި އެވެ. 

މެމްބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ބޭނުންވާ އެންމެ ހަލުވި މިނުގައި ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަޖެޓުގައި ކަމެއް ހިމެނި ނަމަވެސް ކަނޑައެޅިގެން މަޝްރޫއުތައް ހިންގަނީ ބަޖެޓު ތަރުތީބުން ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ހިންގާ ގިނަ މަޝްރޫއުތައް ހަވާލުކުރަނީ އެމްޓީސީސީއާއި ކަމަށެވެ. އެގޮތުން މިހާރުވެސް އެމްޓީސީސީއަށް ލޯޑު ބޮޑުވާ ވަރަށް މަސައްކަތް ހަވާލުކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ ކުރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރި ޖަލްސާއެއްގައި މިނިސްޓަރު ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. 

"އެމްޓީސީސީ، އެންމެ ގިނައިން ސިވިލް ވޯކްސް ކުރާ ފަރާތަކީ އެއީ. ކިތަންމެ މަސައްކަތެއް ހަވާލުކުރި ކަމުގައި ވިޔަސް، ކުރިން ދުވަހަކު ވެސް އަޅުގަނޑު މި ވާހަކަ މަޖިލީހުގައި ދެންނެވިން، އެމްޓީސީސީވެސް އޯވަލޯޑްވޭ އަސްލު. އަޅުގަނޑު ދަންނަވާފާނަން މި ވަގުތުވެސް 221 އެކި ކަހަލަ އިންފްރާސްޓްރަކްޗާ މަސައްކަތް ރާއްޖޭގައި. ޕްލޭންކޮށްފައި އޮތް މަސައްކަތްތަކާ އެކީގައި 541 މަސައްކަތް އެބޮތް. އެ ހުރިހާ މަސައްކަތެއް ކުރުމުގައި އަޅުގަނޑުމެންނަށް ގޮންޖެހުންތަކެއް އެބޮތް. އަޅުގަނޑު އުންމީދު ކުރާހާ ބާރު މިނުގައި ހަމަ މަސައްކަތްތައް ކުރިއަކަށް ނުއެއް ދޭ"

ޕްލޭނިން މިނިސްޓަރު އަސްލަމް 

މިނިސްޓަރު ވިދާޅުވީ ތަރައްގީގެ ބައެއް ކަހަލަ މަޝްރޫއުތައް އަވަސް ކުރެވޭނީ ރައްޔިތުންގެ ވިސްނުން ވެސް ބަދަލުކުރެވިގެން ކަމަށެވެ. 

އެގޮތުން ކޮންމެ ރަށެއްގައި ބޮޑު ހިލަ ޖަހަން ޖެހޭ އުސޫލު ބަދަލުކޮށް، އެ ނޫން ގޮތްތަކަށް ރައްޔިތުން އަހުލުވެރިވެ، އެ ނޫން ގޮތްތަކަށް ވިސްނުން ބަދަލުކޮށްފި ކަމަށްވާނަމަ އެފަދަ މަޝްރޫއުތައް ހިންގަން ސަރުކާރަށްވެސް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވީ މަޝްރޫއުތައް ކުރިއަށް ގެންދާއިރު މައްސަލައިގެ ކުޑަ ބޮޑުމިނަށް ސަރުކާރުން ބައްލަވާކަމަށެވެ. އަދި ބޮޑެތި މައްސަލަތައް ދިމާވެފައިވާ ކަންކަމަށް އަވަސް ހައްލު ހޯދާދިނުމަކީ ސަރުކާރުން މަޝްރޫއުތައް ތަރުތީބު ކުރުމުގައި ބަލާ މިންގަނޑެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.