އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު/ ފޮޓޯ: މަޖިލިސް
ހަބަރު
26 Apr 2023 | 12:20
"މިއީ މޭ ޑޭ ގައި ރައީސް ދެއްވާ ޚިތާބުގެ ބޭނުމަށް ހުށައެޅި ބިލެއް"

މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށައެޅުއްވި އިންޑިއަސްޓްރިއަލް ރިލޭޝަންސް އާއި ބެހޭ ބިލަކީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ އާންމުކޮށް ކިޔާ "މޭ ޑޭ" ބޯމަތިވެފައިވާތީ އެ ދުވަހު ރައީސުލްޖުމްޙޫރިއްޔާ ދެއްވަން ގަސްދުކުރައްވާ ޚިތާބުގެ ބޭނުމަށް ހުށައަޅާފައިވާ ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހަށް ހުށައެޅި އެ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ އެ ބިލު ކިޔާލުމުން "މޭ ޑޭ" އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާނެ ޚިތާބުގައި މަސައްކަތްތެރިންގެ ހިމާޔަތްކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ބިލުތަކާއި ގުޅޭގޮތުން ދައްކަވާނެ ރީތި ވާހަތަކެއް ސިފަކުރެވޭ ކަމަށެވެ. 

ސަރުކާރުން ރީތި ބިލެއްގެ ގޮތުގއި "އިންޑަސްޓްރިއަލް ރިލޭޝަންސް" އާއި ބެހޭ ބިލު މަޖިލީހަށް ފޮނުވާފައިވާއިރު، މި ބިލުތަކުގެ މަޤްސަދު މިއަދު ހާސިލުވަނީ ކިހާ މިންވަރަކަށްތޯ ބަލާލުން މުހިންމުކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ސަރުކާރުން އިންޑަސްޓްރީތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކީ ކޮބައިތޯވެސް ބަލާލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

ތަފާސް ހިސާބުތަކުގެ އަލީގައި މިސާލު ނަންގަވަމުން ވަހީދު ވިދާޅުވީ މިއަދު ދިވެހިންގެ އެންމެ ބޮޑު ދެ އިންޑަސްޓްރީގައި ދިވެހިންނަށް ވުރެ ގިނައިން ވަޒީފާތަކުގައި ތިބީ ބިދޭސީން ކަމަށެވެ.

ގަވައިދާއި ޚިލާފަށް ރާއްޖެ ގެންނަ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ޚައްލުކޮށްދޭނެ މައްސަލައެއްކަމަށް ބުނެފައިވި ނަމަވެސް މިހާތަނަށް އެކަން ޚައްލުކޮށްދެވިފައި ނުވާކަމަށް ވަހީދު ވިދާޅުވި އެވެ. 

"އަޅުގަނޑު ހިތަށް އަރާ އިޚްލާސްތެރިކަމާ އެކީގައި އިންޑަސްޓްރީތަކާ ބެހޭ އަދި މަސައްކަތްތެރިންނާއި ބެހޭ ކަންކަން ބަދަލުކުރުމުގެ ބަދަލުކުރުމުގެ ހެޔޮ ނިޔަތް އޮވެގެން ސިޔާސީ އެ ވިލް އޮވެގެން ހުށައަޅާފައިވާ ބިލެއް ބާއޭ؟ އެހެންކަމަށް ވާނަމަ ރާއްޖޭގައި ޒަމާނުއްސުރެ ހުރި އިންޑަސްޓްރީތައް ކުރިއެރުވުމަށްޓަކައި ކުރި ކަންތައްތަކެއް މިހާތަނަށް އައިރުގައި ފެންނަން އޮންނަން ވާނެ. އޭގެ ބަދަލުގައި މި ފެންނަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިންތިހާއަށް އުވިގެން ދަނީ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އެ ހުރީ 70% އިން މަތީގައި މިހާރު. މަސްވެރިކަމުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު އެ ދަނީ އިންތިހާއަށް ދަށްވަމުން"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު 

އޭގެ އިތުރުން އޭނާ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ޕޮލިސީއެއް ތަންފީޒު ކުރަން އައި މި ސަރުކާރުގެ ހަތަރު އަހަރަށް ބަލާލާއިރު ކޮރަޕްޝަން އިންޑެކްސް އަހަރަށްވުރެ އަހަރެއް ދަށްވެފައިވާކަން ފެންނަން އޮތް ކަމަށެވެ. 

ވަހީދު ވިދާޅުވީ މި ސަރުކާރު އުފެދުނީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ކޮރަޕްޝަން އިންޑެކްސްއާއި، ނޫސްވެރިކަމުގެ މިނިވަންކަން ބަލާ އިންޑެކްސްގައި ވެސް ރާއްޖެ އަހަރަކަށްވުރެ އަހަރެއް ފަހަތަށް ދާއިރު، މި ކުރެވެނީ ހެޔޮ ވެރިކަމެއް ނޫންކަން އެނގޭކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ އެތައް ކަމެއް ހުރިއިރު މޭ ޑޭ އާއި ދިމާކޮށް މަޖިލީހަށް މި ބިލު ހުށައެޅީ މޭ ޑޭގައި ރައީސް ޞާލިހު ދެއްވާ ޚިތާބުގައި ހިމަނުއްވާނެ ވާހަކަތަކެއް ހޯއްދަވާދެއްވުމަށް ކަމަށް ވަހީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.