ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް
26 Apr 2023 | 12:46
މާލޭގެ ރައްޔިތުންނަށް ދޭނީ ހަމައެކަނި ލިޔުމެއްނޫން؛ ގޯތި ވެސް ދައްކާނަން: އަސްލަމް

މާލެ ސަރަހައްދުން ދޫކުރާ ގޯތި ލިބޭ މީހުންނަށް ލިޔުން ލިބޭނީ ގޯތި ވެސް ދައްކާފައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ދޭނެ ކަން ސަރުކާރުން އެކި ފަހަރު މަތިން ބުނެފައިވާ ކަން ފާހަގަކުރައްވައި، މިއަދާ ހަމައަށް އައިއިރު ވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހެދި ގޮތަށް މި ސަރުކާރުގެ ވިސްނުން ވެސް ހުރީ ހަމައެކަނި ލިޔުމެއް ބަހާފައި ގޯތި ދޭންތޯ އާޒިމް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުވަތަ ގޯއްޗެއް ލިބޭނީ ކޮންއިރަކުތޯ އާޒިމް ވަނީ އައްސަވައިފައެވެ.

މިސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް މިދައުރުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ޚާއްސަ ކުރައްވާފައިވާ ފްލެޓާއި ގޯތި ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.

އަދި މި ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލް ހައުސިން ޔުނިޓް ތަކުގެ ބައެއް ފްލެޓުތައް ސީދާ ވަންނަ މިންވަރަށް މި ދައުރުގައި ނުނިންމުނު ނަމަވެސް ބައެއް ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯއްޗާއި ފްލެޓް ހަމަ ދޭނަން. ހަމައެކަނި ލިޔުމެއްނޫން ދޭނީ. ގޯތި ދައްކާފަ އެކަން ކުރަނީ. ފްލެޓްތަކުގެ ތެރޭގައި ބައެއް ފްލެޓްތައް ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ. އެހެން ނަމަވެސް އޭގެ ބޮޑުބައި ނިމިފަ، އަދި އެއްބައި ފްލެޓްތައް ނިމޭނެ އެކީގަ. އަޅުގަނޑު ނެތިން ދަންނަވާކަށް އަޅުގަނޑު އުންމީދުކުރި ހުރިހާއެއްޗެއް 100 ޕަސެންޓް ނިމޭނެކަމަށް. ދެން އޮންގޮއިން މަސައްކަތްތައްވެސް އޭގައި ހުންނާނެ ދައުރު ނިމިގެންދާއިރު." 

މިނިސްޓަރު މުހައްމަދު އަސްލަމް 

އަސްލަމް ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައެވެ. އަދި އެކަން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާ އެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް މީގެ ކުރިން އޮތް މަޖިލީހުގެ ޖަލްސާ އެއްގައި އަސްލަމް ވަނީ ވިދާޅުވެފައެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. މީގެތެރޭގައި ބިންވެރިޔާ ސްކީމަށް 15164 ފޯމު ހުށައަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14489 ފޯމް ހުށައަޅާފައިވެއެވެ. އަދި މިސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.

ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރެއްވުމަށް ހަމަޖައްސަވާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. މިޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމަވާފައިވަނީ ގުޅީފަޅުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.