އާޔަތުﷲ އައްބާސް އަލީ ސުލައިމާނީ
ހަބަރު
27 Apr 2023 | 08:24
އިރާންގެ ބެންކެއްގައި ދިން ހަމަލާއެއްގައި ޤައުމީ މަޖިލީހުގެ މެމްބަރަކު ނިޔާވެއްޖެ

އިރާންގެ ބޭންކެއްގައި ހަތިޔާރު އެޅި މީހަކު ދިން ހަމަލާއެއްގައި އެ ޤައުމުގެ މަޖިލީހުގެ މެންބަރު އަދި ރޫހާނީ ލީޑަރުގެ ތަރުޖަމާނުކަން ކުރެއްވި އާޔަތުالله އައްބާސް އަލީ ސުަލައިމާނީ ނިޔާވެއްޖެއެވެ. 

އިރާންގެ ނޫހެއްގައި ބުނެފައިވަނީ އާޔަތުالله އައްބާސް އަލީ ސުލައިމާނީ ނިޔާވެފައިވަނީ ހަތިޔާރު އެޅި ގްރޫޕަކުން ދިން ހަމަލާއެއްގައި ކަމަށާއި، ހަމަލާދިނުމުގައި ހަރަކާތް ތެރިވި މީހުން މިހާރު ހައްޔަރު ކޮސްފައި ވާކަމަށެވެ.

ހަމަލާދިން ބޭންކު ހުންނަ މަޒަންދާރަން ޕްރޮވިންސްގެ ޕޮލިހުން ބުނެފައިވަނީ ހަމަލާދިން މީހުން ހަމަލާދިނުމުގެ ފަހަތުގައި ވަނީ ކޮން މަގްސަދެއްކަން އަދި ހޯދިފައި ނުވާކަމަށެވެ.

މަޒަންދާރަން ޕްރޮވިންސްގެ ގަވަރުނަރު މަހްމޫދު ބުނެފައިވަނީ ހަމަލާދިން މީހާ އަކީ އެބޭންކުގެ ސެކިޔުރިޓީ ބަލަހައްޓާ މީހުންގެ ތެރެއިން މީހެއް ކަމަށެވެ. 

އުމުރުން 75 އަހަރުގެ އާޔަތުالله އައްބާސް އަލީ ސުލައިމާނީ އަކީ އިރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީގެ ތަރުޖަމާނުކަން ދާދި ފަހަކާއި ޖެހެންދެން ކުރެއްވި ބޭފުޅެކެވެ. 

އަދި ސުލައިމާނީ އަކީއިރާންގެ ބައެއް މިސްކިތަ ތަކުގައި އިމާމްވެ ހުކުރުކުރައްވާ ބޭފުޅެއްވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.