ސޮނީ ސްޕޯޓްސްގެ އެސިސްޓަންޓް މާރކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ މަރިޔަމް އަބްދުﷲ އަދި ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ).
ކުޅިވަރު
27 Apr 2023 | 15:44
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ލީގުގެ ބޯޅަ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ ބޯޅަ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފިއެވެ.

ބޯޅަ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. އަދި ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް މާރކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ މަރިޔަމް އަބްދުﷲ އެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތަކީ 2013 ވަނަ އަހަރު ބާއްވަން ފެއްޓުނު މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 52 ޓީމު ބައިވެރިވި އިރު، ޖުމްލަ 101 މެޗު ވަނީ ކުޅެވިފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވަނީ ސޯޝަލް މީޑިއާގައި ލައިވް ސްޓްރީމް ކުރެވިފައެވެ. އަދި މި މުބާރާތުގައި ރާއްޖެ ބޮޑިތި ހުރިހާ ރިސޯޓަކުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތް މެއި 15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ހަތަރު މަސް ދުވަހަށް ދިގުދެމިގެންދާއެވެ. އަދި 8 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރިސޯޓެއްގައެވެ.

މިއަހަރުގެ މުބާރާތުގައި ވެސް 100 އަށްވުރެ ގިނަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއް ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް މުބާރާތުގެ މެޗުތަކުގެ މެން އޮފް ދަ މެޗަށް ހޮވޭ ފަރާތަކަށް އެވޯޑްގެ އިތުރުން ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ދިގު އިންތިޒާރަކަށް ފަހު ބޮޑު އަދަދެއްގެ ފައިސާގެ އިނާމާއެކު ރިސޯޓް ސުޕަރ ލީގު މިއަހަރު ފެށިގެންދާއިރު މިއަހަރުގެ ރިސޯޓް ލީގުގެ ހުރިހާ ޗެމްޕިއަން ޓީމަކަށް ސުޕަރ ލީގުގެ އޮޓެމެޓިކް ޖާގައެއް ލިބިގެންދާނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.