ބާސެލޯނާ އާއި ރަޔޯ ވަޔެކާނޯ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
27 Apr 2023 | 05:10
ރަޔޯ ވަޔެކާނޯ އިން ބާސެލޯނާ ސިއްސުވާލައިފި!

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ، ލީގު ތާވަލުގެ ކުރީގައި 14 ޕޮއިންޓްގެ ލީޑެއް ނެގުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 19 ވަނަ މިނެޓުގައި ރަޔޯ ވަޔެކާނޯއަށް ލީޑު ނަގައިދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު އަލްވާރޯ ގާސިއާ އެވެ. މިއީ އެޓީމުގެ  ސާޖިއޯ ކެމެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގެ 23 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ބާސެލޯނާއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް މުޅިން ހުސްކޮށް ހުރެ ލެވަންޑޮވްސްކީ ފޮނުވާލި ހަމަލާ ރަޔޯގެ ކީއްޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި ބާސެލޯނާ އިން ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލެވަންޑޮވްސްކީ ކާމިޔާބުކުރި އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރަޔޯ ވަޔެކާނޯ ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ރަޔޯގެ ޒުވާން މިޑްފިލްޑަރު ފްރާން ގާސިއާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިހާފުގައި އެޓީމުގެ ލީޑު ފުޅާކުރުމަށް ސާޖިއޯ ކެމެލޯއަށް ވަނަ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެވަންޑޮވްސްކީ އެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. މިވަގުތު ލަލީގާ ލަނޑު ލިސްޓުގެ ކުރީގައިވެސް އޮތީ ލެވަންޑޮވްސްކީ އެވެ. ދެވަނައިގައި އޮތީ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒީމާ އެވެ. ބެންޒީމާ ވަނީ މިސީޒަނުގައި ލީގުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުން ބާސެލޯނާ ބަލިވި ނަމަވެސް އަދި ވެސް އެޓީމު އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ 11 ޕޮއިންޓް ކުރީގައެވެ. ލީގުގައި ކޮންމެ ޓީމެއް 31 މެޗު ކުޅެފައިވާއިރު ބާކީ އޮތް 7 މެޗުގެ ތެރެއިިން 4 މެޗު ކާމިޔާބުކޮށްގެން މިސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 31 މެޗު ކުޅެގެން ލިބުނު 43 ޕޮއިންޓާއެކު ރަޔޯ ވަޔެކާނޯ މިވަގުތު އޮތް ލީގު ތާވަލުގެ 9 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.