ބްރެންޓްފޯޑް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
27 Apr 2023 | 05:17
ލަމްޕާޑް ހަވާލުވި ފަހުން ޗެލްސީ ކުޅުނު ފަސް ވަނަ މެޗުން ވެސް ބަލިވެއްޖެ!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރެންޓްފޯޑް އިން ލީގު ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ޗެލްސީގެ ކޯޗަކަމާއި ލަމްޕާޑް ހަވާލުވި ފަހުން އެޓީމު ކުޅުނު ފަސް ވަނަ މެޗުން ބަލިވިއިރު، މި ފަސް މެޗުގައި އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އަދި 2023 ވަނަ އަހަރު މިހާތަނަށް ޗެލްސީ އިން 22 މެޗު ކުޅެފައިވާއިރު، އެޓީ މޮޅުވެފައި ވަނީ 4 މެޗުންނެވެ. 6 މެޗު އެއްވަރުވެގެން ނިމުނު އިރު، 12 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޗެލްސީ އިންނެވެ. ނަމަވެސް އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގައި ބޭނުންހިފޭ ގޮތެއްނުވިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ބްރެންޓްފޯޑް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މިއީ ޗެލްސީގެ ސްޕެނިޝް ޑިފެންޑަރު ސީޒާ އަޒްޕިލިކުއެޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަަނަ ހާފުގައި ވެސް ޗެލްސީ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި ބްރެންޓްފޯޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުގައި ބްރެންޓްފޯޑް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހު ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ކެމަރޫންގެ ފޯވަޑް ބްރަޔަން އެމްބިއުމްއޯ އެވެ.

މިރޭގެ މެޗުގެ ލިބުނު ތިން ޕޮއިންޓާއެކު 33 މެޗު ކުޅެގެން ބްރެންޓްފޯޑް އަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ. އަދި މިރޭގެ މެޗުން ބަލިވި ޗެލްސީ 32 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 39 ޕޮއިންޓާއެކު ތާވަލްގެ 11 ވަނަ އެވެ. އެޓީމަށް ލީގުގައި ބާކީ ހަ މެޗު އޮތްއިރު، ތާވަލުގެ 10 ވަނައިގައި އޮތް ފުލަމް އާއި ދެމެދު 6 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.