ލިވަޕޫލް އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
27 Apr 2023 | 05:24
ލިވަޕޫލުގެ މިސްރާބު މަޑުމަޑުން ގަދަ ހަތަރަކާއި ދިމާލަށް

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވެސްޓްހަމް ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލް އިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި އެވެ.

މިރޭގެ މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހަމް އިންނެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކުއެޓާއެވެ. މިއީ އެޓީމުގެ ޖެމެއިކާގެ ފޯވާޑް މިޗެއިލް އެންޓޯނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯއެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަަމަ ހާފުގައި މެޗުގެ ލީޑު ނެގުމަށް ލިވަޕޫލުގެ ޕޯޗުގަލް ފޯވާޑް ޑިއެގޯ ޖޯޓާއަށް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.

ދެވަަނަ ހާފުގެ ކުޅުން ފަށައިގެން 10 ވަނަ މިނެޓުގައި ވެސްޓްހަމް އިން ލަނޑެއް ކާމިޔާބުކޮށް ދެވަަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ޑިފެންޑަރު ޖޮއެލް މަޓިޕްއެވެ. މިއީ އެޓީމުގެ ސްކޮޓްލޭންޑް ޑިފެންޑަރު އެންޑްރޫ ރޮބަޓްސަން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 32 މެޗު ކުޅެގެން ލިވަޕޫލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ލީގު ތާވަލުގައި އެޓީމު މިވަގުތު އޮތީ 6 ވަނައިގައެވެ. އަދި ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި އެޓީމާއި ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

މިރޭގެ މެޗުން ބަލިވި ވެސްޓްހަމް 32 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 34 ޕޮއިންޓާއެކު ތާވަލްގެ 14 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.