މެންބަރު މުހައްމަދު ސަޢީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
27 Apr 2023 | 11:41
ސަޢީދު, ރައީސް ޞާލިހަށް: ހިކިފަސް ތަނަކަށް ފައިޖެހިވަޑައިގަންނަވާއިރަށް ވަޢުދުވާން ނުހައްދަވާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ވީ ވަޢުދުތައް، ރިޔާސީ ދައުރު ނިމިގެންދާއިރު ވެސް ނުފުއްދެވޭތީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވައިލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި އޭނާ މަޖިލީހަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ. 

އެގޮތުން ސައީދު ވިދާޅުވީ، އެ ކޯޒްވޭގެ މަސައްކަތަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާ، އެ މަޝްރޫއު ކޮންމެ އަހަރަކުވެސް ބަޖެޓް ކުރެވޭ ކަމަށެވެ. އަދި އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ކަން ސައީދު ފާހަގަކުރެއްވިއެވެ. 

މިއާއެކު ސަޢީދު ވިދާޅުވީ، ޕްލޭނިންގ މިނިސްޓްރީން ކޯޒްވޭގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، ހިތަދޫ އާއި ކުނަހަންދޫ އާއި ވަރަށް ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ މެންދޫ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބަޔަކަށް ދޫކޮށްފައިވާ ރަށެއް ކަމުގައިވާތީ ކޯޒްވޭގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މިނިސްޓްރީން ހިތަދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި ކޯޒްވޭގެ މަސައްކަތަކީ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމުގައިވެސް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

ސަޢީދު ވިދާޅުވީ، އެގްރިކަލްޗަރ މިނިސްޓްރީއާއި އެކު އެކަމާއި ގުޅިގެން ވާހަކަ ދައްކައި އެ މައްސަލަ ހައްލުކޮށް ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ވުމުން، އެ މަސައްކަތުގެ ހުރަހަކަށް ދެން ވެފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީ ކަމަށެވެ. އެގޮތުން، ހިތަދޫގައި ކުޅި އޮންނާތީ އެ ކޯޒްވޭގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެންވަޔަރަމެންޓް މިނިސްޓްރީން ގެޒެޓްގައި އިއުލާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދައިން އިއުލާން ކުރުމަށްފަހު އެ މަައްސަލަ ހިތަދޫ ކައުންސިލުން ޖެއްސުމުން އެއީ އިމްލާ ކުށެއް ކަމަް އެ މިނިސްޓްރީން ބުނެފައިވާ ކަމަށާ، އެފަދަ އެތަކެއް މައްސަލަތަކެއްގެ ތެރޭގައި މި ހަތަރު އަހަރުވެސް ގޮސްފައިވާއިރު އަދިވެސް އެ ކޯޒްވޭ އެޅޭގޮތް ނުވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފައި، މިކަމަށް ވަޢުދު ވެފައި، އެއް އަހަރު ދިޔައީ، ދެ އަހަރު ދިޔައީ، ތިން އަހަރު ދިޔައީ، ހަތަރު އަހަރު ދިޔައީ، ފަސް އަހަރު ހަމަވަނީ، ހަމަ ކޮންމެސް އެއް ސިޓީއެއް, އެ މިނިސްޓްރީއަށް ބަދަލުކޮށްލާ، އެ މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލު ކޮށްލާ. މިހެން ގޮސް ރައްޔިތުން ދެކޮޅަށް ދުއްްވަނީ. ބަޖެޓް ކުރޭ އެބަ.

މި މަސައްކަތް އެކަމަކު ކުރިއަކަށް ނުކަނޑާ. އެހެންވީމާ އަޅުގަނޑު މި ގަރާރު މި ހުށަހެޅި ސަބަބީ، ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން، ހިކިފަސް ތަނަކަށް ފައިޖެހިވަޑައިގަންނަވާއިރަށް ވަޢުދުވާން ނަހައްދަވާށޭ. އެހެން ހަމަ، ނުފުއްދޭނެ ވައުދުތައް ވަމުން ވަމުންގޮސް، މުޅި ރާއްޖޭގައި މި ކަމެއް މި އޮތީ. 

މެންބަރު މުހައްމަދު ސަޢީދު

ސަޢީދު ވިދާޅުވީ މި ސަރުކާރުން ކޮންމެ އަހަރަކު އެތައް މިލިއަނެއް ބަޖެޓް ކުރި ނަމަވެސް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުން، އެފަދައިން ކަން ވިޔަ ނުދީ، މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކުރެވެން ހުރި ކަންކަން އެމްޑީޕީގެ މެންބަރުންވެސް ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.