ހިއުންގް-މިން ސޮން ޓޮޓެންހަމްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދެނީ
ކުޅިވަރު
28 Apr 2023 | 04:09
ޓޮޓެންހަމް އާއި އެއްވަރުވެ ޔުނައިޓެޑުން ފުރުސަތު ނަގާލައިފި

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ފަހަތުން އަރައި ޓޮޓެންހަމް އިން އެއްވަރުކޮށްފި އެވެ.

ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޓޮޓެންހަމް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި، ނިއުކާސަލް ޔުނައިޓެޑް އަތުން ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައި އޮތުމުން މިރޭގެ މެޗަށް އެޓީމުން ނުކުތީ ބަދަލުތަކަކާއި އެކުގައެވެ.

މިރޭގެ މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. ފުރަތަަމަ ހާފުގެ 7 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ސަންޗޯ އެވެ. މިއީ ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުނައިޓެޑުގެ ދެވަަނަ ލަނޑު ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ރަޝްފޯޑް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ފުރަތަަމަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފު އެޓީމުން ފެށީ ވަރަށް ވަރުގަދަކޮށެވެ. މިގޮތުން ދެވަަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް ޑިފެންޑަރު ޕެޑްރޯ ޕޮރޯ އެވެ.

ޓޮޓެންހަމްގެ ލަނޑަށްފަހު ޖެހިގެން އައި މިނެޓުގައި ޔުނައިޓެޑުގެ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒަށް އެޓީމުގެ ލީޑު ފުޅާކޮށްލުމަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިމެޗުގައި ޓޮޓެންހަމްއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ފަހުހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު ކޮރެއާ ފޯވާޑް  ހިއުންގް-މިން ސޮން އެވެ. މިއީ އެޓީމުގެ ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 31 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 60 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނަ އެވެ. އަދި މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 33 މެޗު ކުޅެގެން ޓޮޓެންހަމްއަށް ލިބިފައިވަނީ 54 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ އެވެ.

މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވި ނަމަ ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑް އޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.