ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
29 Apr 2023 | 01:36
ރޮނާލްޑޯގެ ލަނޑާއެކު އަލް ރައިދު އަތުން، އަލް ނަސްރަށް ފަސޭހަ މޮޅެއް

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަލް ރައިދު 4-0 ގެ ނަތީޖާއަކުން ބަލިކޮށް އެއްވަނައިގައި އޮތް އަލް އިއްތިހާދާއި ދެމެދުގައި އޮތް ފަރަގު ތިން ޕޮއިންޓަށް އަލް ނަސްރު އިން ކުޑަކޮށްފި އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން އަލް ނަސްރަށް މޮޅެއް ހޯދިފައިނުވާ އިރު، މިދިޔަ ހަފްތާގައި ސައުދީ ކިންގް ކަޕްގެ ސެމީ ފައިނަލުގައި އަލް ވަހުދު އަތުން ބަލިވެ އެޓީމު ވަނީ ކަޓާފައެވެ. މީގެއިތުރުންވެސް މި އެޕްރިލް މަސްތެރޭ ލީގުގައި އަލް ފީހާ އާއި އެއްވަރުވެ، އަލް ހިލާލް އަތުން ބަލިވުމުން މި މެޗަށް ނުކުތްއިރު، އެއްވަނައިގައި އޮތް އަލް އިއްތިހާދާއި އެޓީމާއި ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮތެވެ

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ ތިން ހަތަރު ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އައްސުލްޠާން އަލް ޣަންނަމް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 12 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.

ދެވަަނަ ހާފު ފެށިގެން ފުރަތަަމަ މިނެޓުގައި އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އަލް ރައިދު ގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ އެޓީމުގެ ކުޅުންތެރިއަކަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި އަލް ނަސްރު އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހު ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުދީ މިޑްފީލްޑަރު އަބްދުއްރަހުމާން ގަރީބު އެވެ. މިއީ އެޓީމުގެ އަލީ އަލް ހަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލް ރައިދުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ކުރިމަތީ ހުރި ޑިފެންޑަރުގެ ކައިރިން ނައްޓާލުމަށް ފަހު އެޓީމުގެ ކީއްޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ނަސްރުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް މުހައްމަދު މަރަން އެވެ. މިއީ އެޓީމުގެ އުޒްބެކިސްތާން ފޯވާޑް ޖަލޯލިއްދީން މަޝާރިޕޮވް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސައުދީ މިޑްފީލްޑަރު ޢަބްދުލްމަޖީދު އަލް ސުލައިހީމް އެވެ

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 25 މެޗު ކުޅެގެން އަލް ނަސްރަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އެޓީމު މިވަގުތު ދެވަނައިގައި އޮތް އިރު، 24 މެޗު ކުޅެގެން އެއްވަނައިގައި އޮތީ 59 ޕޮއިންޓާއެކު އަލް އިއްތިހާދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.