ކުލަބު ޓީނޭޖުގެ ކުޅުންތެރިން މުބާރާތުގެ ތައްޓާއެކު އުފާފާޅުކުރަނީ
ކުޅިވަރު
29 Apr 2023 | 03:56
ބައިބަލާ 1444: ޗެމްޕިއަންކަން ކުލަބް ޓީނޭޖަށް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގެ ފައިނަލުގައި ހުޅުމާލޭ ސްޕޯޓްސް ސީދާ ދެ ގޭމުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދައިފިއެވެ.

މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގެ ބައިބަލާ މައިދާނުގައި ކުރިއަށް ދިޔަ ފައިނަލް މެޗު ކާމިޔާބުކޮށް ކުލަބު ޓީނޭޖުން ހަތަރުވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރި އިރު، މީގެ ކުރިން 2001, 2004 އަދި 2017 ވަނަ އަހަރު އެޓީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗުގެ ތެރެއިިން 

މިރޭގެ ފައިނަލް ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެސްޓީއޯގެ އެންމެޑީ އަބްދުﷲ ސައީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އާބަންކޯގެ އެމްޑީ އަހުމަދު އާތިފެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުރިއަށްދިޔަ މިރޭގެ ފައިނަލް މެޗުގެ ފުރަތަަމަ ގޭމުގައި ހުޅުމާލޭ ސްޕޯޓްސް އިން ބޭރުން ކުޅެން އެރިއިރު، އެތެރޭގައި ތިބީ ކުލަބު ޓީނޭޖުން ނެވެ. އަދި މިގޭމު ފަސޭހަކަމާއި އެކު 14-5 ގެ ނަތީޖާއަކުން ކާމިޔާބުކުރި ކުލަބު ޓީނޭޖުއެވެ.

މިސްޓަރ ބައިބަލާ 1444 ޝިރުހާން މުސްތަފާ 

މިރޭގެ ދެވަނަ ގޭމުގައި ކުލަބު ޓީނޭޖުން ކުޅެން އެރީ ބޭރުންނެވެ، އަދި އެތެރޭގައި ތިބީ ހުޅުމާލެ ސްޕޯޓްސް އެވެ. މިގޭމުގެ ފުރަތަމަ ތިން މިނެޓު ނިމުނު އިރު، 12-2 ގެ ނަތީޖާއަކުން ކުރީގައި އޮތީ ހުޅުމާލޭ ސްޕޯޓްސް އެވެ. އަދި އެޓީމުން މިގޭމު ކާމިޔާބުކޮށް ފައިނަލް މެޗު  ގަދަހިފުމަކަށް ދާންޖެހިދާނެކަމަށް ބެލެވުނެވެ. ނަމަވެސް އެހިސާބުން ޓީނޭޖުން ވަނީ ޓައިމްއައުޓެއް ނަގާފައެވެ. އަދި ބުރޭކަށްފަހު ޓީނޭޖުގެ އަސްލަމް ވަހީދާއި އަހުމަދު މުހައްމަދު ގެ މޮޅު ކުޅުމާއިއެކު ބާކީ އެއް މިނެޓް ފަންސަވީސް ސިކުންތު އޮއްވާ އެޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ގޭމު އެޓީމުން ކާމިޔާބުކުރީ 9-5 ގެ ނަތީޖާއަކުންނެވެ. މިއާއެކު ސީދާ ދެ ގޭމުން މޮޅުވެ ކުލަބު ޓީނޭޖުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުމަދު މުހައްމަދު 

ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކުލަބް ޓީނޭޖްގެ އަހުމަދު މުހައްމަދު އެވެ. އަދި މި އަހަރުގެ މުބާރާތުގެ މިސްޓަރ ބައިބަލާގެ މަގާމަށް ހޮވުނީ ހުޅުމާލޭ ސްޕޯޓްސްގެ ޖާޒީ ނަންބަރު 8 ޝިރުހާން މުސްތަފާ އެވެ.

1996 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މާލޭގައި ބާއްވަމުން އަންނަ ބައިބަލާ މުބާރާތް ކޮވިޑާ ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަށް ފަހު މިއަހަރު މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.